ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާ ކުރިއަށްދިޔަ ވަގުތު އެމްޑީޕީގެ ޖަގަހައިގައި ވެސް ޖަލްސާއެއް ކުރިއަށް ދިޔަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހް ވިދާޅުވީ، ނަޝީދު އެމްޑީޕީއަށް ސޮއި ކުރުމަށް ސަލްޓަން ޕާކުގައި ޖަލްސާ ކުރިއަށްދިޔަ ވަގުތު އެމްޑީޕީ ޖަގަހައިގައި ވެސް ޖަލްސާއެއް ކުރިއަށް ދިޔަކަމަށެވެ. އަދި އެއީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރާ މެންބަރުން ބޭއްވި ޖަލްސާއެއްކަމަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ، ރައީސް ޞާލިޙް ބާރު ދައްކާލައްވައިފި ކަމަށެވެ.
ފަލާހް މިހެން ވިދާޅުވިނަމަވެސް މިރޭ އެ ޖަގަހައިގައި ޖަލްސާއެއް ކުރިއަށް ދިޔަކަމެއް އަދި ސާފުވެފައެއް ނުވެއެވެ. އެކަމަކު ރައީސް ޞާލިޙް ގެންދަވަނީ އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާއެކު ވަކިން ބައްދަލުވުންތަކެއް ބާއްވަވަމުންނެވެ. އެގޮތަށް ބޭއްވި ބައްދަލުވުމެއްގައި ޞާލިޙް މިހާރުވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް ހާމަކުރައްވާފައެވެ.
މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ވެސް ރައީސް ޞާލިޙް ބައިވެރިވެވަޑައި ނުގަންނަވައެވެ. އެމަނިކުފާނު ހުންނެވީ ރާއްޖޭން ބޭރުގައި ކަމަށްވެއެވެ.
މިރޭ ބޭއްވި ޖަލްސާއާ ގުޅޭގޮތުން ފަލާހު އިތުރަށް ވިދާޅުވީ، އެއްވެ އުޅެވޭނެ ތަންތަން ހުއްޓާ މުލިއާގޭ ކަންމަތީގައި މި ޖަލްސާ ބާއްވަން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އުޅުއްވި ސަބަބު މިރޭ ވަރަށް ސާފު ވެއްޖެކަމަށެވެ.
ޖަލްސާގައި އެމްޑީޕީގެ މެންބަރުން ބައިވެރިވި އަދަދު މަދުކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މުޅި ރާއްޖެއިން މީހުން ގެނެސްގެން، އެއްވެ އުޅެވޭގޮތަށް ހުއްދަ އޮންނަ އެންމެ ކުޑަ ތަން ބަލާފައި ޖަލްސާ ބޭއްވީމަވެސް، ޕީއެންސީން ބާއްވާ ވީކެންޑް ޖަގަހަ ޖަލްސާއެއްވަރުވެސް ނުވީމާ ލަދުން ބޯހަލާކުވެއްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު