ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު
ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު
ހަމަލާތައް ބަދަލުކުރަމުންދާ އީރާނާއި އިސްރާއީލުގެ ހަނގުރާމަ އާއި ގުޅިގެން މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލު ގާތުން ބަލަމުންދާކަމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

އީރާނާއި އިސްރާއީލުގެ ހަނގުރާމަ އަށް މިހާރު ދެހަފްތާ ވާން ގާތްވެފައިވާއިރު، މެދުއިރުމަތީގެ މަސްރަހު ހޫނުވެގެން ދިއުމުގެ ފުރުސަތު މިހާރަށްވުރެއްވެސް ބޮޑުކަމަށް މަޝްރަހު އޮބްޒަރވް ކުރައްވާ ފަރާތްތަކާއި، އެނަލިސްޓުން ދެކެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މިދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އެ މިނިސްޓްރީން އަދި މިނިސްޓްރީގެ ފޮރިން މިޝަންތަކުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާކަމަށާއި، މިހެންކަމުން މެދުއިރުމަތީގެ ގައުމުތަކަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

"މިވަގުތު މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، މިޤައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެޤައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން" ހާރިޖީ ވަޒީރު ވިދާޅުވިއެވެ.



އީރާނާ ދެކޮޅަށް އިސްރާއީލުން ދޭން ފެށި ހަމަލާ ތަކަކީ އީރާނުގެ ނިއުކްލިއަރ އަދި މިލިޓަރީ ތަންނަށް އަމާޒުކޮށް ފެށި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. "ރައިޒިންގ ލަޔަން" ގެ ނަމުން ނަންދީފައިވާ މި އޮޕަރޭޝަންގައި ވައިގެ ބޮޑެތި ހަމަލާތަކެއް ހިމެނޭއިރު މިހަމަލާތައް ބޮޑަށް އަމާޒުވެފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމަށެވެ. އިސްރާއީލުން ދެމުންދާ ހަމަލާތަކަށް ރައްދުގައި އީރާނުންވެސް ދަނީ ހަމަލާ ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން