މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިޤުތިސާދަށް ކުރާނެ އަސަރުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ގާތުން، ވަރަށް ރަނގަޅަށް ބައްލަވަމުންދާކަމަށް މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އީރާނާ އިޒްރޭލާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކާއި ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ވަރަށް ބޮޑަށް ވަނީ ހޫނުވެފައެވެ. އީރާން އިސްރާއީލް ހަނގުރާމަ ހޫނުވެ އީރާނުގެ ގާނޫނުހަދާ މަޖިލީހުން މިހާރު ވަނީ ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 40 އިންސައްތަ ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް ތާއީދުވެސް ކޮށްފައެވެ. މި ކަނޑުއޮޅި ބަންދުކޮށްފިނަމަ، ދުނިޔޭގެ ތެލުގެ ބާޒާރަށް އޭގެ އަސަރު ކުރުމުގެ އިތުރުން ތަކެތީގެ އަގު އުފުލިދާނެކަމަށް ކަމާ ބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.
މެދުއިރުމަތީގެ މަޝްރަހުގެ ހާލަތު ގޯސްވަމުންދާ ކަމަށް ރިއާޔަތްކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޒަމީރު ވަނީ މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އިޤުތިސާދަށް ކުރާނެ އަސަރުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ގާތުން، ވަރަށް ރަނގަޅަށް ބައްލަވަމުންދާކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޒަމީރު ވިދާޅުވީ ހާލަތު ބަދަލު ވަމުންދާވަރަކަށް ދިވެހިރާއްޖޭގެ އިޤުތިސާދަށާއި، ތެލާއި، ކާބޯތަކެތީގެ މާކެޓަށް އައިސްދާނެ ބަދަލުތައް ވަޒަން ކުރަމުންދާކަމަށެވެ. އަދި މާލީ ގޮތުންވެސް ކުރިމަތިވެދާނެ ގޮންޖެހުންތައް ވަޒަން ކުރަމުންދާކަމަށް ޒަމީރު ވިދާޅުވިއެވެ.
"ހާލަތު ބަދަލުވަމުންދާ ވަރަކަށް، އެކި މާކެޓްތަކަށް އަންނަ ބަދަލުތަކާއި، އިންފްލޭޝަނަށް ކުރާ އަސަރުތަކާއި، ޓްރޭޑް ކުރުމަށް ހުރި ގޮންޖެހުންތައް ވަރަށް ގާތުން، ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން މޮނީޓަރ ކުރަމުންމިދަނީ." ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހިންނާ ގުޅުންހުރި ހުރިހާ ދާއިރާ އަކުންވެސް އަންނާނެ ބަދަލަތަކަށް ތައްޔާރުވެތިބުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު