ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރަމުންދާތީ މިއަދު މެންދުރުފަހު މާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން މިއަދު މެންދުރުފަހު 14:00 އިން 16:30 އަށް މާލެ ސިޓީ، ސާރިއުވަރުދީ އަދި ޗަނބޭލީ މަގު ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.
ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ

މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ސާރިއުވަރުދީ އަދި ޗަނބޭލީ މަގު ހިމެނޭ ސަރަޙައްދުން 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ (މިއަދު) މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ… pic.twitter.com/b9M2d3Vfy2
— STELCO (@STELCOMALDIVES) June 24, 2025
ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.
ހަމައެއާއެކު ކަރަންޓުގެ ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ
ކިޔުންތެރިންގެ ހިޔާލު