މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާތީ ފަތުރުވެރިންނަށް ދިމާވާ ދަތިތައް ބަލަމުންދާ ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިސްރާއީލާއި އީރާނާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތަކުގެ ސަބަބުން ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތުގެ ވައިގެ ސަރަހައްދު މިހާރު ވަނީ ބަންދު ކޮށްފައެވެ. އެކަމާގުޅިގެން ރާއްޖޭގައި ތިބި އަދި އަންނަން ތިބި ޓޫރިސްޓުންނަށް ދަތުރު ކުރުމުގައި ގިނަ ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.
މި މައްސަލާގައި ވަޒީރު ޠާރިޤް ރޭ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ބަދަލުވަމުންދާ ޙާލަތު ފަތުރުވެރިކަމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށެވެ. އަދި މެދުއިރުމަތި ހުރަސްކޮށް ރާއްޖެއަށް އަންނަން ތިބި ފަތުރުވެރިންނަށް ދިމާވެފައިވާ ހާލަތު ބަލަމުންދާނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމުން، ބައެއް ފްލައިޓުތައް ޑިލޭވި ނަމަވެސް، މިހާރު ފްލައިޓު އޮޕަރޭޝަންސްތައް އަލުން ފެށިގެން ކުރިއަށް ގެންދާ ކަމަށާއި، ޙާލަތު ގާތުން ބަލަމުންދާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ، ހާލަތު ބަދަލު ވަމުންދާ ވަރަކަށް ދިވެހިރާއްޖޭގެ އިޤުތިސާދަށާއި، ތެލާއި، ކާބޯތަކެތީގެ މާކެޓަށް އައިސްދާނެ ބަދަލުތައް ވަޒަން ކުރަމުންދާ ކަމަށެވެ. އަދި މާލީ ގޮތުންވެސް ކުރިމަތިވެދާނެ ގޮންޖެހުންތައް ވަޒަން ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އީރާން އިސްރާއީލް ހަނގުރާމަ ހޫނުވެ އީރާނުގެ ގާނޫނުހަދާ މަޖިލީހުން މިހާރު ވަނީ ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 40 އިންސައްތަ ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް ތާއީދުވެސް ކޮށްފައެވެ. މި ކަނޑުއޮޅި ބަންދުކޮށްފިނަމަ، ދުނިޔޭގެ ތެލުގެ ބާޒާރަށް އޭގެ އަސަރު ކުރުމުގެ އިތުރުން ތަކެތީގެ އަގު އުފުލިދާނެކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.

We are working closely with all relevant stakeholders, including our partners across the tourism industry, to monitor the developing situation in the Middle East.
— Thoriq Ibrahim (@Thoriqibrahim) June 23, 2025
Our thoughts are with those who are impacted and our priority is to safeguard the seamless operation of our tourism…
މި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވައިގެ ސަރަހައްދު ބަންދުކުރުމުން، ބައެއް ފްލައިޓުތައް ޑިލޭވި ނަމަވެސް، މިހާރު ފްލައިޓު އޮޕަރޭޝަންސްތައް އަލުން ފެށިގެން ކުރިއަށް ގެންދާ ކަމަށާއި، ޙާލަތު ގާތުން ބަލަމުންދާ ކަމަށެވެ.
These days, we are closely monitoring the potential impact on air travelers from the West to the Maldives, including tourist arrivals.
— Mohamed Ameen (@ameen3d) June 23, 2025
Tonight’s temporary airspace closures in parts of the Middle East are now easing.
Some Middle Eastern carriers at Malé Airport experienced…
މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ، ހާލަތު ބަދަލު ވަމުންދާ ވަރަކަށް ދިވެހިރާއްޖޭގެ އިޤުތިސާދަށާއި، ތެލާއި، ކާބޯތަކެތީގެ މާކެޓަށް އައިސްދާނެ ބަދަލުތައް ވަޒަން ކުރަމުންދާ ކަމަށެވެ. އަދި މާލީ ގޮތުންވެސް ކުރިމަތިވެދާނެ ގޮންޖެހުންތައް ވަޒަން ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އީރާން އިސްރާއީލް ހަނގުރާމަ ހޫނުވެ އީރާނުގެ ގާނޫނުހަދާ މަޖިލީހުން މިހާރު ވަނީ ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 40 އިންސައްތަ ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް ތާއީދުވެސް ކޮށްފައެވެ. މި ކަނޑުއޮޅި ބަންދުކޮށްފިނަމަ، ދުނިޔޭގެ ތެލުގެ ބާޒާރަށް އޭގެ އަސަރު ކުރުމުގެ އިތުރުން ތަކެތީގެ އަގު އުފުލިދާނެކަމަށް ކަމާބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު