ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު
ރަސްމީ ދަތުރުފުޅެއްގައި ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު، ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅަކީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ގަވަރުނަރުންގެ ބޯޑުގެ 10 ވަނަ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުން ކުރިއަށްދާނީ ޖޫން 24 އިން 26 އަށް ޗައިނާގެ ބެއިޖިންގ ގައި ޗައިނާ ނޭޝަނަލް ކޮންވެންޝަން ސެންޓަރު 2 ގައެވެ.

‎މި އަހަރުގެ ބައްދަލުވުމުގެ ތީމަކީ "ތަރައްޤީއަށް ގުޅުވައިލުން، ކުރިއެރުމަށް ގުޅިގެން މަސައްކަތްކުރުން" މިއެވެ. މިއީ އޭ.އައި.އައި.ބީގެ އިސްތިރާޖީ އަމާޒު ދައްކުވައިދޭ ތީމެކެވެ. އެއީ ތަރައްޤީއަށް ބޭނުންވާ ގުޅުވައިލުމާއި ކުރިއެރުން ހާސިލުކުރުމުގައި އިންފްރާސްޓްރަކްޗަރގެ ދައުރާއި، ތަރައްޤީގެ ގޮންޖެހުންތައް ހައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ.

މި ބައްދަލުވުމުގައި ގަވަރުނަރުންގެ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން، "10 އަހަރުގެ ކުރިއެރުމުގެ މައްޗަށް ބިނާކުރުން"، މި މައުޟޫއާ ގުޅޭގޮތުން ރާއްޖޭގެ ވިސްނުން ހިއްސާ ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މިނިސްޓަރ ވާހަކަފުޅު ދައްކަވާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

‎މި ބައްދަލުވުމުގައި އޭއައިއައިބީގެ މެންބަރު ގައުމުތަކާއި، ބައިވެރިންނާއި، ވިޔަފާރިވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާތަކާއި، މީޑިއާގެ ފަރާތްތަކާއި، ބައިނަލްއަޤްވާމީ މާހިރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އޭއައިއައިބީއަކީ މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކެކެވެ. މިއީ މެންބަރު ގައުމުތަކުގެ ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ފައިނޭންސް ކުރުމަށް އުފައްދާފައިވާ ބޭންކެކެވެ. މި ބޭންކު އުފެއްދީ އިޤްތިޞާދީ ތަރައްޤީ ކުރިއެރުވުމާއި، އިންފްރާސްޓްރަކްޗަރ އަދި އެހެނިހެން ދާއިރާތަކަށް އިންވެސްޓްކުރުމުގެ މަގުން ސަރަހައްދީ ގުޅުންތައް ހަރުދަނާކުރުމުގެ މަގުސަދުގައެވެ.



ރާއްޖެއަކީ 2016 ވަނަ އަހަރު އުފެދިގެން އައި އޭއައިއައިބީގެ ފައުންޑިންގ މެންބަރެކެވެ. ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އޭއައިއައިބީ ވަނީ ވަރަށް ބޮޑަށް ކުރިއަރާ، ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން