އިޒްރޭލާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ ދެ ގައުމުންވެސް ހިލާފުވެފައިވާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނުރުހުންފާޅުކުރައްވައިފިއެވެ.
ނޭޓޯ ސަމިޓަށް ދަތުރުކުރެއްވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ އަމަލުތަކާމެދުވެސް ހިތްހަމަޖެހިވަޑަައި ނުގަންނަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އިސްރާއީލުގެ އަމަލުތަކާމެދު ހިތްޕުޅު ހަމަނުޖެހޭ ކަމަށް ޓްރަމްޕު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕު ވަނީ ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވަގުތުން އެނބުރި ޤައުމަށް ދިއުމަށް އަމުރުކުރައްވާފައެވެ.
މީގެއިތުރުން، އީރާނަށް ބޮން އެޅުމަކީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށް ވިދާޅުވެ، ޓްރަމްޕު ވަނީ އެފަދަ ޢަމަލުތައް ހިންގުން މަނާ ކުރައްވާފައެވެ.
"ގަޑިއިރޭ ބުނުމުން އޭގެ މާނައަކީ ފުރަތަމަ ގަޑިއިރު ތެރޭގައި ގޮސް ހަމަލާތަކުން އެތަން (އީރާން) ފުރާލާށެކޭ ނޫން! އިޒްރޭލާ ހަމައަށް ނުވެސް ފޯރާ ރޮކެޓެއް ފޮނުވައިގެން، އިޒްރޭލުން އަނެއްކާވެސް ހަނގުރާމަ ކުރަން ފެރީތީ، އެކަމާ އަހަރެން އުފަލެއް ނުވޭ. އެ ރޮކެޓަކީ އޮޅިގެން ފޮނުވުނު އެއްޗެއް ކަމަށްވެސް ވެދާނެ." ޓްރަމްޕު ވިދާޅުވިއެވެ.
އީރާނުގެ ނިއުކްލިޔަރ މަޝްރޫޢު ހުއްޓުވުމަށް ކަމަށް ބުނެ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދޭން ފެށީ މި މަހުގެ 13ވަނަ ދުވަހުއެވެ. އެ ހަމަލާތަކާ ގުޅިގެން އީރާނުން ވެސް ވަނީ އިޒްރޭލާ ދެކޮޅަށް އޮޕަރޭޝަން ޓްރޫ ޕްރޮމިސް 3ގެ ނަމުގައި ހާއްސަ އަސްކަރީ ހަރަކާތެއް ފަށައި، ޔަހޫދީންނަށް ބޮޑެތި ގެއްލުންތައް ދީފައެވެ.
އެއަށްފަހު މި މަހުގެ 22 ވަނަ ދުވަހު އެމެރިކާއިން ވަނީ މައްސަލައިގެ ތެރެއަށްވަދެ، އީރާނުގެ މައި ތިން ނިއުކްލިޔަރ މަރުކަޒަކަށް ބޮން އަޅައިފައެވެ. އެ ހަމަލާގެ ރައްދެއްގެ ގޮތުން އައު އަސްކަރީ ހަރަކާތެއް ފަށައި، އީރާނުން ވަނީ ޤަޠަރުގައި އޮންނަ އެމެރިކާގެ އަލް އުދައިދު އަސްކަރީ މަރުކަޒަށް ހަމަލާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު