އިބްރާހިމް ފަހީމް   24 ޖޫން 2025 - 21:10
އެމްއެމްއޭގެ ބޯޑު މެންބަރު އިދުހާމް --
އެމްއެމްއޭގެ ބޯޑު މެންބަރު އިދުހާމް --
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޯޑުގެ މެންބަރު އިދުހާމް ހުސެއިން އެ މަގާމުން ވަކިކޮށްފިއެވެ.

މިކަން އެމްއެމްއޭއިން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

މަގާމުން ވަކިކުރިއިރު އިދުހާމް އަކީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ، ރިސާޗް އެންޑް ސްޓެޓިސްޓިކްސް ސެކްޝަންގެ އެޑްވައިޒަރެވެ. އޭނާ ވަނީ އެ ސެކްޝަންގެ ހެޑުގެ ގޮތުގައި ވެސް މީގެ ކުރިން މަސައްކަތް ކުރައްވާފައެވެ. ނަމަވެސް، އާ ގަވަރުނަރު އަޙްމަދު މުނައްވަރު މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެމްއެމްއޭގެ ހިންގުމުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ އެކު އެ ސެކްޝަނުގެ ހެޑަކަށް މެނޭޖިން ޑިރެކްޓަރު މަރިޔަމް ރަޝްފާ ވަނީ ހަމަޖައްސާފައެވެ.

ކުރީގެ ރައީސް މުހަންމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ ކޮއްކޮއެއް ކަމަށްވާ އިދުހާމް ގެންދަވަނީ 1990 އިން ފެށިގެން އެމްއެމްއޭގެ އެކި މަގާމުތައް އަދާކުރައްވަމުންނެވެ.

އެމްއެމްއޭގެ ހިންގުމަށް އެކި ބަދަލުތައް ގެންނަމުންދާއިރު ތަނުގެ މަސައްކަތާ މެދު ހިތްހަމަ ނުޖެހިގެން ބޯޑުގެ 3 މެންބަރަކު މިފަހުން އިސްތިއުފާ ދެއްވާފައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން