ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ޗައިނާއާއެކު މަޝްވަރާތަކެއް ކޮށްފިއެވެ.
ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވި ގޮތުގައި މި މަޝްވަރާތައް ކުރައްވާފައިވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ)ގެ 10ވަނަ އަހަރީ ޖަލްސާގައި ބައިވެރިވުމަށް، ޗައިނާއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ސައިނޯޝުއަރގެ ކުންފުނީގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގެ މިހާރުގެ މާލީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދާ މާލީ އިސްލާޙީ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް މިނިސްޓަރ ވަނީ ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތުތައްވެސް މިނިސްޓަރ ހިއްސާ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު