ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޔާމީން އިދުރީސް ހަމަޖައްސައިފިއެވެ.
އޭނާއަކީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ބްރޯޑްކޮމްއަށް އާ އެސްޖީއެއް ހަމަޖައްސާފައި މިވަނީ އެތަނުގެ މަސައްކަތްތަކަށް ހުރަސް އަޅާކަމަށްބުނެ އެތަނުގައި ކުރިން އެސްޖީއަކަށްހުރި ޒީނިޔާ މަގާމުން ވަކިކުރުމުން އެމަގާމަށް އަލުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިންނެވެެ.
މިދިޔަ މަހުގެ 25 ގައި ޒީނިޔާ މަގާމުން ވަކިކުރުމުގެ ކުރިން އޭނާ ހުރީ ތިން ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ މަސައްކަތްތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކުރައްވައި އަދި ނިންމުންތައް ތަންފީޒުކުރުމުގައި އެއްބާރުލުން ނުދޭކަމަށް ބުނެއެވެ.
ކޮމިޝަނުން އެހެން ނިންމުމުން އެ ތަނުގެ ބައެއް މުވައްޒަފުން ވަނީ އެއީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް ބުނެ އެއް ދުވަހެއްގައި މަސައްކަތް ހުއްޓާލައި ގެއަށްވެސް ގޮސްފައެވެ.
އެސްޖީގެ މަގާމުގައި ކުރިން ހުރި ޒީނިޔާ މަގާމުން ވަކިކުރި އިރު، އެ ކޮމިޝަންގެ މެމްބަރުންނާ ދެކޮޅަށް މުވައްޒަފުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު