މިފެށުނު ހިޖުރީ އައު އަހަރަކީ މުސްލިމު އުންމަތަށް ކާމިޔާބީއާއި ކުރިއެރުންތައް އިތުރުވެގެންދާނެ އަހަރަކަށް ވެގެން ދިއުމަކީ ކުރަށްވާ ދުޢާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާޙިމް ވަނީ ހިޖުރީގޮތުން މިފެށުނު އުފާވެރި 1447 ވަނަ އަހަރުގެ ހެޔޮއެދުމާއި، ތަޙްނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށާއި، މުސްލިމު އުންމަތަށް އަރިސް ކުރަށްވާފައެވެ.
އަދި މިފެށޭ އައު އަހަރަކީ، އެންމެހާ މުސްލިމުންނަށް އަމާންކަމާއި، އުފާފާގަތިކަމާއި، ތަނަވަސްކަން އިތުރުވާނޭ އަހަރެއް ކަމުގައި ލައްވައި، މިއަހަރު މުސްލިމު އުންމަތަށް ކާމިޔާބީ އާއި ކުރިއެރުންތައް އިތުރު ކުރެއްވުމަށްއެދި ޤާސިމް ވަނީ ދުޢާ ކުރަށްވާފައެވެ.
މިއަހަރު އިސްލާމީ އުއްމަތާ، މި ބައްދަލުކުރީ 1447 ވަނަ ހިޖްރީ އައު އަހަރެވެ.
ޤާސިމްގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ވަޒީރުން ދަނީ، ހިޖްރީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވާ މީސްމީޑިއާގައި މެސެޖުތައް ޙިއްސާ ކުރައްވަމުންނެވެ.

ހިޖުރީގޮތުން މިފެށުނު އުފާވެރި 1447 ވަނަ އަހަރުގެ ހެޔޮއެދުމާއި، ތަޙްނިޔާ ލޮބުވެތި އެންމެހާ ދިވެހިރައްޔިތުންނަށް އަދި މުސްލިމު އުންމަތަށް އަރިސްކުރަމެވެ.
— Qasim Ibrahim (@qasimibrahim) June 26, 2025
މިފެށޭ އާ އަހަރަކީ، އެންމެހާ މުސްލިމުންނަށް އަމާންކަމާއި، އުފާފާގަތިކަމާއި، ތަނަވަސްކަން އިތުރުވާނޭ އަހަރެއް ކަމުގައި ލެއްވުން… pic.twitter.com/FVXTKAidiG
މިއަހަރު އިސްލާމީ އުއްމަތާ، މި ބައްދަލުކުރީ 1447 ވަނަ ހިޖްރީ އައު އަހަރެވެ.
ޤާސިމްގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ވަޒީރުން ދަނީ، ހިޖްރީ އައު އަހަރުގެ ތަޙުނިޔާ ފޮނުއްވާ މީސްމީޑިއާގައި މެސެޖުތައް ޙިއްސާ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު