މެލޭޝިއާގެ އަމިއްލަ ކުންފުނިތަކުން ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން 6 އިންސައްތައިގެ ޓެކުހެއް ނެގުމަށް ނިންމައިފިއެވެ.
މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ޤައުމުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކްސް ނެގުމަށް ނިންމާފައި ވަނީ، އެ ޤައުމުގައި މުދަލާއި ޚިދުމަތުން ނަގާ ސޭލްސް އެންޑް ސަރވިސް ޓެކުސް (އެސްއެސްޓީ) އަށް ގެނެސްފައިވާ އައު އިސްލާޙުގެ ދަށުން ކަމުގައެވެ.
އެގޮތުން އަންނަ ޖުލައި މަހު 1 ވަނަ ދުވަހުން ފެށިގެން އެ އައު އިސްލާޙުތަކަށް އަމަލު ކުރަން ފަށާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މަތީ ތަޢުލީމު ފޯރުކޮށްދޭ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގެ އިތުރުން ޕްރީސްކޫލްތަކާއި އެހެނިހެން މަދަރުސާތައް، އަދި ބަސް ދަސްކޮށްދޭ މަރުކަޒުތަކުގައި ތަޢުލީމު ހާސިލު ކުރާ ބޭރު ޤައުމުތަކުގެ ދަރިވަރުން ވެސް އެ ޓެކުސް ދައްކަން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
މެލޭޝިއާގެ ފޮރިން މިނިސްޓްރީން ބުނީ މިއީ އެގައުމުގެ ހާލަތު ހަރުދަނާކޮށް، ޓެކުސް ނެގޭ ދާއިރާތައް ފުޅާކޮށް، ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ނަގަން ނިންމާފައިވާ ޓެކުހެއް ކަމަށެވެ.
އަދި، ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށް އެސްއެސްޓީ ނެގޭ ދާއިރާތައް ފުޅާކޮށްފައިވަނީ މެލޭޝިޔާގެ ރައްޔިތުންނަށް ބުރަ ކުޑަކުރުމުގެ ގޮތުން ކަމުގައި ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އަމިއްލަ ކުންފުނިތަކުން ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން މި ޓެކުހަށް ރަޖިސްޓަރީ ވާން ޖެހޭނީ ޓިޔުޝަން ފީގެ ގޮތުގައި ބޭރު ޤައުމުތަކުގެ ދަރިވަރުންގެ އަތުން އަހަރަކު 14,000 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ފީއެއް ނަގާ ނަމައެވެ. އަދި ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް މަތީ ތަޢުލީމު ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ޓެކުހަށް ރަޖިސްޓަރީ ކުރުން ވެސް ވަނީ ލާޒިމްކޮށްފައެވެ.
މެލޭޝިޔާއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ޤައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު