ތިމާވެށީގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން
ތިމާވެށީގެ ދުވަހުގެ ޙަރަކާތްތަކުގެ ތެރެއިން
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލ. ގަމުގައި "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވަނީ، އިއްޔެ ހަވީރު 3 އިން 6:30 އަށް ކުރިއަށް ގެންދިޔަ މި ހަރަކާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

މި ފެސްޓިވަލްގައި ބަހައްޓާފައިވާ ސްޓޯލްތައް ބައްލަވާލެއްވުމަށް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ޠާރިޤް އިބުރާހިމްވެސް ޒިޔާރަތް ކުރެއްވިއެވެ.

އެގޮތުން މިނިސްޓަރު ޠާރިޤް ވިދާޅުވީ، ލ. އަތޮޅަކީ ޤުދުރަތީ ކެޕިޓަލް އެކައުންޓް ބެލުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާ އަތޮޅަކަށްވާތީ، މިއަހަރު ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް އެ އަތޮޅުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

“އަޅުގަނޑުމެން މި ބަލަނީ އަތޮޅުތެރޭގެ ރަށްރަށުގަވެސް ވީހާވެސް ބޮޑަށް ތިމާވެށީގެ ހަރަކާތްތައް އިތުރުކުރަން.” މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.

ލ. ގަމުގައި މިބޭއްވި ފެސްޓިވަލްގައި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ބައިވެރިވިކަމަށް އެމިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ސެމިނަރތަކާއި، ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްތަކާއި، ގަސްއިންދުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ސްކޫލްތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ރޭވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

"އަވަރ ޕްލެނެޓް އެކްޝަން މަންތު" ގެ ނަމުގައި ކުރިއަށްދާ މި ޙަރަކާތްތަކުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން