ދަރަވަންދޫ
ދަރަވަންދޫ
ބ. ދަރަވަންދޫ ކައުންސިލުން މާލިއްޔަތު ޤަވާއިދާ ޚިލާފަށް ޚަރަދުތަކެއް ކޮށްފައިވާކަމަށް އެ ކައުންސިލްގެ 2023 ވަނަ އަހަރުގެ ކޮމްޕްލައެންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ދަރަވަންދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، އެ ކައުންސިލުން 377000 ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދަޢުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާ ކަމަށެވެ.

އެގޮތުން މުދަލާއި ހިދުމަތް ހޯދުމަށް އެދޭ ފޯމު ތައްޔާރުނުކޮށް އަދި ވެރިއެއްގެ ހުއްދަ ނެތި 214365 ރުފިޔާ ޚަރަދު ކޮށްފައިވާއިރު، ހިދުމަތާއި މުދާ ލިބުނުކަން ކަށަވަރުނުކޮށް 162765 ރުފިޔާ ދައްކާފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

ހަމައެއާއެކު 1.58 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ފުޓުބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތަށް، ޕްރޮގްރެސް ޕޭމަންޓުގެ ގޮތުގައި 85818 ރުފިޔާ ދެފަހަރު ދައްކާފައިވާކަން އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދަރަވަންދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، 2022 ވަނަ އަހަރު ފާހަގަކުރެވުނު މައްސަލަތައް 2023 ވަނަ އަހަރުވެސް ތަކުރާރުވެފައިވާ ކަމަށާއި އެކަންކަން އިސްލާޙު ކުރުމަށް އަންގާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން