ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ގެ ވަޒީރުކަމުގެ ދުވަސްވަރު، ވުޖޫދުގައިވެސް ނެތް އިމާރާތެއް ތަޅާލައި އެ ސަރަހައްދު ސާފުކުރުމުގެ ނަމުގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 2.9 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ މައްސަލައެއް އޮޑިޓް އޮފީހުން ފަޅާއަރުވާލައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ވަނީ، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރިކަމަށް ބުނާ އިމާރާތެއް ތަޅާލައި، އެ ސަރަހައްދު ސާފުކުރުމަށް ބިލް އޮފް ކުއަންޓިޓީސް (ބީއޯކިޔު) ގައި ވަނީ 2،920،082 (ދެ މިލިއަން ނުވަ ސަތޭކަ ވިހި ހާސް އަށްޑިހަ ދެއެއް) ރުފިޔާ ހިމަނާފައި ކަމަށެވެ. އަދި މި މަސައްކަތަށްވާ ފައިސާ އެ ވުޒާރާއިން ވަނީ ޕޮލްކޯއަށް ދައްކައި ޚަލާޞްކޮށްފައެވެ.
ނަމަވެސް، އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މި މަސައްކަތް ޕޮލްކޯއާ ހަވާލުކުރުމުގެ ކުރިން، 20 ޖެނުއަރީ 2022 ގައި 'ގޫގުލް އާތު' އިން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު، އެ ދުވަސްވަރު އެ ސަރަހައްދުގައި އެއްވެސް ކަހަލަ އިމާރާތެއް ނެތް ކަމަށެވެ.
އެހެންކަމުން، ކުރިން ހުރި އިމާރާތެއް ތަޅާލައި ސައިޓު ސާފުކުރުމަށް ބީއޯކިޔުގައި ހިމަނައި، އެ މަސައްކަތުގެ ނަމުގައި ޕޮލްކޯއަށް ފައިސާ ދޫކޮށްފައިވަނީ އެއްވެސް މަސައްކަތެއް ނުކުރަނީސް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައަކީ ދައުލަތުގެ ބަޖެޓުން ނުކުރާ މަސައްކަތަކަށް ބޮޑު އަދަދަކުން ޚަރަދުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަމެއްކަން މި ރިޕޯޓުން ވަނީ ހާމަވެފައެވެ. ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ މިފަދަ ކަންކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި 18 ގޮޅި އަދި ސެކިއުރިޓީ ޕޯސްޓެއް އިމާރާތް ކުރުމުގެ މަސައްކަތް ބިޑް ކުރުމެއް ނެތި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އާ ހަވާލުކުރީ އަވަހަށް ނިންމުމުގެ ބޭނުމުގައި ކަމަށް ބުނެ 45 މިލިއަން ރުފިޔާއަށެވެ. ނަމަވެސް، ޕޮލްކޯއިން ބިޑްކުރުމެއް ނެތި މި މަޝްރޫއު ސަބް-ކޮންޓްރެކްޓް ކުރީ "ވީ އަވާ އިންވެސްޓްމަންޓް" ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކަށެވެ.
މި މަޝްރޫއުގެ ތެރެއިން 18 ގޮޅީގެ މަސައްކަތް ކޮންޓްރެކްޓަރު ނިންމި ނަމަވެސް، 50 ގޮޅީގެ މަސައްކަތް އެއްކޮށް ނުނިމެނީސް، ފައިސާ ނުލިބޭ ކަމަށް ބުނެ 2024 ވަނަ އަހަރު މަސައްކަތް ވަނީ ހުއްޓާލާފައި ކަމަށްވެސް އޮޑިޓް ރިޕޯޓްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު