ވަޒީރު އާދަމް ޝަރީފް ޢުމަރު (މ)
ވަޒީރު އާދަމް ޝަރީފް ޢުމަރު (މ)
އިސްރަށްވެހިންނަކީ ޤައުމު ބިނާކުރުމުގައި ވަރަށް ޒިންމާދާރު، ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ޤައުމުގެ ރައުސުލްމާލެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުނގޫފާރު ސައިފު ޖަމްޢިއްޔާއިން އިންތިޒާމުކުރި އިސްރަށްވެހިންގެ ހަވީރުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު، މީސްމީޑިއާގައި ޙިއްސާ ކުރަށްވާފައިވާ މެސެޖެއްގައެވެ.

އެގޮތުން ވަޒީރު ވިދާޅުވެފައިވަނީ، ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އިސްރަށްވެހިންގެ ތަޖުރިބާ ހިއްސާކުރުން މުހިންމު ކަމަށެވެ. އަދި އުނގޫފާރު ސައިފު ޖަމްޢިއްޔާއިން އެ ފުރުޞަތު އިސްރަށްވެހިންނަށް ފަހިކޮށްދެއްވާތީ އުފާފުޅުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.



ވަޒީރު އާދަމް ޝަރީފް ރ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި، އުނގޫފާރު ސައިފު ޖަމްޢިއްޔާއިން ބޭއްވެވި އިސްރަށްވެހިންގެ ހަވީރުގައި ބައިވެވަޑައިގެން އުފާވެރި ވަގުތުކޮޅެއް އިސްރަށްވެހިންނާއެކު ވަނީ ހޭދަކުރައްވާފައެވެ.

މި ހަވީރަކީ ޖަމްޢިއްޔަތުއްސައިފަށް 64 އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަވީރެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން