"ފުލުހަކާއެކު ކޮފީއެއް"ގެ ނަމުގައި ބާއްވާ ހަރަކާތް ފަސްކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނީ "ފުލުހަކާއެކު ކޮފީއެއް" ގެ ނަމުގައި ރައްޔިތުންނާއެކު ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމް މިއަދު ހަވީރު 16:30 އިން 18:00 އަށް ހުޅުމާލެ ފޭސް 2، ހިޔާ ޕާކް ސަރަހައްދުގައި ކުރިއަށްދާނެ ކަމަށެވެ.
އެހެން ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެހަރަކާތް މިހާރު ވަނީ ފަސްކޮށްފައެވެ. ފުލުހުން ބުނީ, މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ "ފުލުހަކާއެކު ކޮފީއެއް" ހަރަކާތް މޫސުން ގޯސް ވުމުގެ ސަބަބުން ފަހުގެ ތާރީހަކަށް ފަސް ކުރެވިފައިވާ ކަމަށެވެ.
މިޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެއް ކަަމަށް ފުލުހުން ބުނެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވެސް ވަނީ ފުލުހަކާއެކު ކޮފީއެއްގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެ ޙަރަކާތުގައި ގިނަ ބައެއްގެ ބައިވެރިވުން ލިބި، ހުޅުވިގެންވާ މާހައުލެއްގައި ފުލުހުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
އޭގެއިތުރުން ފުލުހުން ބުނެފައިވަނީ، އެފަދަ ހަރަކާތްތަކަކީ ރައްޔިތުންގެ އިތުބާރު ހޯދައި، ރައްޔިތުންނާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު