ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 1:30 އިން ހަވީރު 5:00 އާ ހަމައަށެވެ.
ހަމައެއާއެކު މެޓް އޮފީހުން ބުނެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުން ވެސް އެކަށީގެންވާ ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ، ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
“މި ވަގުތުތަކުގައި، ދަތުރުތައް ކުރެއްވުމަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރަށްވާ.” ފުލުހުން ބުނެފައިވެއެވެ.
މެޓް އޮފީހުން މިއަދު ކުރިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް އުތުރާއި މެދެރާއްޖެތެރޭ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު