އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހާ
އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހާ
އޯކިޑް ބިލްޑިންގައި ހުންނަ އިމިގްރޭޝަންގެ ގުދަނުން ވައްކަން ކުރި މީހަކު 15 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ އެ ގުދަނުން ވައްކަން ކުރި މައްސަލަ ފުލުހަށް ހުށަހެޅީ މި ހިނގާ ޖޫން މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި، އިންޖީނު ސްޕެއާޕާޓްސްއާއި އިލެކްޓްރޯނިކް ތަކެއްޗާއި އެހެނިހެން ތަކެތި ހިމެނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތަކެއް ވިއްކަން މާރުކޭޓު ސަރަހައްދުގައި މީހަކު އުޅޭކަމަށް މައުލޫމާތު ލިބުނު ކަމަށެވެ.

އެ މައުލޫމާތާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެ ތަކެއްޗަކީ އެ ގުދަނުން ވަގަށް ނަގާފައިވާ ތަކެތިކަން އެނގިފައިވާ ކަމަށް ފުުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން