ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުުހުމަތު ކުރެވޭ މައްސަލާގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ އަޑުއެހުމެއް ކުރިއަށްގެންގޮސް، ދައުލަތުގެ ހެކިންގެ ހެކިބަސް މިއަދު ނަގައިފިއެވެ.
ދައުލަތުން ބައްސާމްގެ މައްޗަށް ކޮށްފައިވަނީ ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާއެވެ. މި ދަޢުވާތައް ކޮށްފައިވަނީ އެފްއޭއެމްއަށް 2018 ވަނަ އަހަރު ފީފާއިން ދިން ފައިސާގެ އިތުރުން 9،999 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލާގައި ބައްސާމްގެ މައްޗަށް ފުރަތަމަ އުފުލި ހިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގެ ދައުވާ އަށް ބައްސާމް ވަނީ އިންކާރު ކޮށްފައެވެ. އެހެންވެ، އެ މައްސަލައިގައި މިހާރު ކުރިއަށް ދަނީ އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.
މި މައްސަލައާ ގުޅިގެން މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ފުރަތަމަ ހެކިބަސް ދީފައިވަނީ އެފްއޭއެމްއާ ގުޅުންހުރި ދެ ތަނެއް ބަލައިފާސްކުރުމުގެ އަމުރުތައް ތަންފީޒު ކުރުމަށް ސީންގައި ޙަރަކާތްތެރިވި ތަހުގީގި އޮފިސަރެކެވެ.
އެ އޮފިސަރު ވިދާޅުވީ މި މައްސަލައާ ގުޅުންހުރި ގިނަ ލިއެކިއުންތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކެއް އޭރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާނެ ކަމަށާއި، އެތަކެތީގެ ޗެއިން އޮފް ކަސްޓަޑީވެސް ފުރިހަމަވާނެ ކަމަށެވެ. އަދި ތަންތަން ބަލައި ފާސްކުރީ އެފްއޭއެމްގެ ޤާނޫނީ ވަކީލުގެވެސް ހާޒިރުގައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެތަނުން ނެގިފައިވާ ހެކިތަކުގެ ތަފްސީލު އިންވެންޓަރީގައި ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާނެ ކަމަށާއި، އެ އޮޕަރޭޝަން ހިންގުމުގައި އެފްއޭއެމުން އޭރު އެއްވެސް މީހަކު ދެކޮޅު ހަދާފައިނުވާކަމަށްވެސް ހެކިވެރިޔާ ވިދާޅުވިއެވެ.
ދެވެނައަށް ހެކިބަސް ދީފައިވަނީ އެގްޒެކެޓިވް ކޮމިޓީގެ ނައިބްރައީސްގެ މަޤާމު ފުރުއްވާފައިވާ ފަރާތެކެވެ. އޭނާ ބުނިގޮތުގައި އޭނާއަކީ އެފްއޭމްގެ ޗެކްތަކުގައި ސޮއިކުރުމުގެ ބާރު ދީފައިވާ ފަރާތެއް ކަމަށާއި، އެ ބާރު 2014 ވަނަ އަހަރުއްސުރެ އޮންނަކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޑޮލަރު މާރު ކުރުމާ ގުޅޭ ޗެކަކާ ގުޅޭގޮތުން ހެކިވެރިޔާއާ ސުވާލު ކޮށްފައެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެމުން އޭނާ ބުނީ 2018 ވަނަ އަހަރުވެސް އެފަދަ ޗެކެއްގައި ސޮއިކޮށްފައިވާނެ ކަމަށާއި، އެ ޗެކާ ގުޅޭގޮތުން ފުލުހުން ސުވާލު ކޮށްފައިވާކަމަށެވެ.
އަދި އެގްޒެކެޓިވް ކޮމިޓީން ފާސްކޮށްގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް 5000 ރުފިޔާގެ އެލެވެންސެއް ނަންގަވާ ކަމަށާއި، އެ އެލަވަންސް ނެގުމުގެ އިހުތިޔާރު އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނަށްވެސް އޮންނާނެކަމަށެވެ. އަދި ބައެއް ފަހަރު ގަނޑުކޮށްވެސް ބައެއް މެމްބަރުން އެލަވަންސް ނަގާކަމަށް ހެކިވެރިޔާ ކިޔާދިނެވެ.
މީގެ އިތުރުން އޭނާ ބުނީ އެލަވަންސްދޭއިރު ޑޮލަރުން އަދި ދިވެހި ރުފިޔާއިންވެސް ދޭ ކަމަށާއި، އެ ތަފްސީލުތައް ބޭންކަށް ފޮނުވާފައިވާ ލިއެކިއުންތަކުން އެނގެން ހުންނާނެކަމަށެވެ.
މި މަހުގެ 21 ވަނަ ދުވަހަށް ވެސް ވަނީ މި މައްސަލައިގައި ހެކިބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ.
ޕީޖީ އޮފީހުން ބައްސާމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ހިމެނޭއިރު، މި ދައުވާ އުފުލީ އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ދެން އުފުލާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ. މި ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކިޔުންތެރިންގެ ހިޔާލު