ގުޅިފަޅުގެ ފަހުގެ ލޭންޑްޔޫސްޕްލޭން
ގުޅިފަޅުގެ ފަހުގެ ލޭންޑްޔޫސްޕްލޭން
ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭނަށް މި ސަރުކާރުން ގެނައި ބަދަލާ އެކު ކުރިން ދޫކޮށްފައިވާ ބިމުގެ ރަޖިސްޓްރީތައް އިސްލާހު ކުރުމަށްފަހު ދޫކުރާ އާ ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީ ސަރުކާރުގައި ވެރިކަމުގެ ފަހު ދުވަސްކޮޅުވަނީ ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ތެރެއިން ބައެއް ފަރާތްތަކަށް ނުހިއްކާ އޮތް ސަރަހައްދުން ވެސް ގޯތި ދީ ރަޖިސްޓްރީ ހަވާލު ކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެފަދަ ފަރާތްތަކަށް މިހާރު ހިއްކާފައިވާ ސަރަހައްދުން ބިން ދިނުމަށް ނިންމާ ލޭންޑްޔޫސް ޕްލޭނަށް ބަދަލުތަކެއް ގެނެސްފައެވެ.

އަދި އެ ބަދަލާ އެއްގޮތަށް ގޯތިތަކުގެ ގުރުއަތުލުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ މީހުންނަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.

މިއަދުން ފެށިގެން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެޕޮއިންޓްމަންޓަށް ހުޅުވާލާފައިވާއިރު ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ދޫކުރަން ހަމަޖެހިފައިވަނީ ވަކި އަދަދަކަށެވެ.

ގޯތީގެ ރަޖިސްޓްރީ އާއި އެއްބަސްވުން ދޫކުރުމަށް ނިންމާފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެންކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެޕޮއިންޓްމަންޓަށް އެދޭއިރު ހެކިވެރިއެއްގެ އައިޑީ ކާޑު ކޮޕީ އާއި ބަދަލުގައި ދާ ފަރާތެއް ނަމަ ނޮޓަރައިޒްކޮށްފައިވާ ޕަވާ އޮފް އެޓާނީ އަދި އައިޑީ ކާޑު ކޮޕީގެ އިތުރުން، ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާއި ރަޖިސްޓަރީގެ ކޮޕީ ވެސް ޕޯޓަލްއަށް ހުށަހަޅަން ޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން