ދުންފަތް އެތެރެކުރުމާއި ވިއްކުމުގެ ލައިސެންސަށް ހުށައެޅުމުގެ ފަހު ތާރީހަކީ މި ޖުލައި މަހުގެ 17 ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި، ރީ އެކްސްޕޯޓް ކުރުމަށާއި، ރާއްޖޭގައި ވިއްކުމަށް ވަކި ލައިސަންސެއް ނަގަން ޖެހޭ ކަމަށެވެ.
އެގޮތުން ދުންފަތުގެ ބާވަތްތައް ވިއްކުމަށް ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާނެކަން އެޗްޕީއޭ އިން ވަނީ ހަނދާން ކޮށްދީފައެވެ.
އަދި ޖުލައި މަހުގެ 17 ވަނަ ދުވަހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން އެޗްޕީއޭ އިން ފާހަގަ ކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ ދުންފަތުގެ ވިޔަފާރި ކުރުމާ ގުޅޭގޮތުން ދޫކުރާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސާއި، އިމްޕޯޓުކުރުމުގެ ލައިސަންސާއި، ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި އައު ބާވަތެއް ރަޖިސްޓަރީކުރުން ހިމެނޭ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤަވާއިދު ބުނާގޮތުން ލައިސަންސް ދޫކުރާނީ ފަސް އަހަރުދުވަހުގެ މުއްދަތަށް، ކަނޑައަޅާފައިވާ ފީ ދެއްކުމުންނެވެ. އަދި ލައިސެންސާއި، ހުއްދަ ނުނަގާ މުޢާމަލާތުކުރުމުން ފުރަތަމަ ފަހަރު ނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، އިތުރުވާ ކޮންމެ ފަހަރަކަށް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރުވެސް މިގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ވަނީ ދީފައެވެ.

ދުންފަތުގެ ބާވަތްތައް އެތެރެކުރުމަށާއި ވިއްކުމަށް ލައިސަންސް ނެގުމާ ގުޅޭ pic.twitter.com/R6qY0cm2hG
— Health Protection Agency (@HPA_MV) July 2, 2025
އަދި ޖުލައި މަހުގެ 17 ވަނަ ދުވަހަށް ފަހުގައި ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއްކަން އެޗްޕީއޭ އިން ފާހަގަ ކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ ދުންފަތުގެ ވިޔަފާރި ކުރުމާ ގުޅޭގޮތުން ދޫކުރާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސާއި، އިމްޕޯޓުކުރުމުގެ ލައިސަންސާއި، ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި އައު ބާވަތެއް ރަޖިސްޓަރީކުރުން ހިމެނޭ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤަވާއިދު ބުނާގޮތުން ލައިސަންސް ދޫކުރާނީ ފަސް އަހަރުދުވަހުގެ މުއްދަތަށް، ކަނޑައަޅާފައިވާ ފީ ދެއްކުމުންނެވެ. އަދި ލައިސެންސާއި، ހުއްދަ ނުނަގާ މުޢާމަލާތުކުރުމުން ފުރަތަމަ ފަހަރު ނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، އިތުރުވާ ކޮންމެ ފަހަރަކަށް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރުވެސް މިގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ވަނީ ދީފައެވެ.
ކިޔުންތެރިންގެ ހިޔާލު