މާވަހަރު
މާވަހަރު
އއ. ތޮއްޑޫ ކައިރިއަށް މަހަށް ނިކުމެ އުޅުނު ބަޔަކު 15 ކިލޯގެ މާވަހަރެއް ހޮވައިފިއެވެ.

އިއްޔެ ހަވީރު 5:20 ހާއިރު، ހުދަންބަރު މާވަހަރު ފެނުނީ ޑިންގީއެއްގައި ތޮއްޑޫ ކައިރިން މަހަށް ނިކުމެ އުޅުނު ޒުވާނުންތަކަކަށެވެ.

މާވަހަރު ފެނުނު ތިން ޒުވާނުންގެ ތެރެއިން ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވަނީ، މާވަހަރު ފެނުނީ އުކުޅަހުން ފުރައިގެން ގޮސް ފަރުކޮޅާއި ތޮއްޑޫއާ ދޭތެރޭގައި ތިއްބާ ކަމަށެވެ.

އެ މާވަހަރުގެ ބަރުދަނުގައި 15 ކިލޯގްރާމާ ގާތްކުރާވަރުގެ ބަރުދަނެއް ހުންނާނެކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން މާވަހަރުގެ ތަހުލީލުތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މާވަހަރަކީ ކަނޑުގައި ދިރިއުޅޭ ބޮޑުމަހުގެ އާއިލާއަށް ނިސްބަތްވާ އަންބަރު މަހުން ބޭރުކޮށްލާ އެއްޗެކެވެ. އަދި މާވަހަރަކީ އަތަރު ނުވަތަ ސެންޓު ހަދަން ފެށުމަށް ބޭނުން ކުރާ އެއްޗެއް ކަމަށާއި، މާވަހަރުން އަތަރަށް އަޅަނީ އޭގެން ނަގާ އަލްކޮހޯލްގެ ބާވަތެއްކަމަށްވާ އެމްބްރެއިން ކަމަށް މާހިރުން ވިދާޅުވެއެވެ.

އަދި އެންމެ ގިނައިން އެމްބްރެއިން ލިބެނީ ހުދު މާވަހަރުން ކަމަށްވާތީ، ހުދު މާވަހަރުގެ އަގު ކަޅުމާވަހަރުގެ އަގަށްވުރެ ބާޒާރުގައި ބޮޑެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން