އަންނަ ލޯކަލް ކައުންސިލް އިންތިޚާބު ވެގެންދާނީ މި ސަރުކާރު ބޮޑުތަނުން ބަލިވާ އިންތިޚާބަކަށް ކަމަށް އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެެވެ.
ޝާހިދު، މިހެން ވިދާޅުވީ ރޭ ބޭއްވި އެމްޑީޕީ ގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވާންވާނީ ހަރުދަނާ ރޭވުންތެރިކަމާއެކު، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހެއްގައި ކަމަށެވެ. އަދި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީއަށް އެންމެ އެކަށީގެންވާ ހަދިޔާއަކީ މި އިންތިޚާބު ކާމިޔާބުކުރުން ކަމުގައި ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ އެމްޑީޕީން ކޮންމެހެން ހާސިލުކުރަންޖެހޭ ލަނޑުދަނޑިއެއް ކަމުގައި ވެސް ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، މާލެ އާއި އެހެނިހެން ސިޓީތަކުން ލިބިފައިވާ މަޢުލޫމާތާއި ރައްޔިތުންގެ ޝުޢޫރުތަކަށް ބަލާއިރު، މި ލޯކަލް ކައުންސިލް އިންތިޚާބަކީ މިހާރުގެ ސަރުކާރަށް ބޮޑު ތަނުން ބަލިވާނެ އިިންތިހާބެއް ކަމަށެށެވެ.
"މި ލޯކަލް ކައުންސިލް ވެގެންދާނީ މި ސަރުކާރު ބޮޑުތަނުން ބަލިވާ އިންތިޚާބަކަށް, ބޮޑުތަނުން ބަލިވާނެ އިންތިޚާބަކަށް" ކުރީގެ ފޮރިން މިނިސްޓަރު ކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާ ސަރުކާރެއް ނޫން ކަމަށެވެ. މިކަން ސާބިތުކޮށްދޭ ކަމެއްގެ ގޮތުގައި، އެޓޯލްސް މިނިސްޓްރީ އުފައްދައި، އެ މިނިސްޓްރީގެ ދަށުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު އިތުރަށް ވިދާޅުވީ ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމުގެ ބޭނުމަކީ، އެ މަދުކުރެވޭ އަދަދަށް އެޓޯލްސް މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންގެ ގޮތުގައި މީހުން އައްޔަންކުރުން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން މިހާރު ވަނީ ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު