މިއަދުގެ ބައްދަލުވުމުގެ ތެރެއިން --
މިއަދުގެ ބައްދަލުވުމުގެ ތެރެއިން --
އިންޑިއާއާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރަން ދެ ގައުމުގެ މެދުގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެ މަޝްވަރާތައް ބާއްވާފައި ވަނީ އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރްތުވާލް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ އެކީ ބޭއްވި ބައްދަލުވުމެއްގައެވެ.

ބައްދަލުވުމާ ގުޅޭގޮތުން މިނިސްޓަރު ސައީދު އެކްސްގައި މިއަދު ވިދާޅުވީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއިި އިންވެސްޓްމަންޓް ޕާޓްނާޝިޕް އިތުރަށް ފުޅާކޮށް އިގުތިސާދީ ގޮތުން ދެ ގައުމު ގުޅިގެން ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 26 އަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ވެސް މިހާރު ވަނީ ހަމަޖެހިފައެވެ. އަދި އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި އެކި އެއްްބަސްވުންތަކުގައި ސޮއި ކުރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން