ސްޓެލްކޯގެ ޓްރާންސްފޯމަރެއް
ސްޓެލްކޯގެ ޓްރާންސްފޯމަރެއް
ދަރުބާރުގޭ ގޯތިތެރޭގައި ހުރި ޓްރާންސްފޯމަރުން ވައްކަންކުރި މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މާލޭގެ ދަރުބާރުގޭގެ ގޯތިތެރޭގައި ހުންނަ ޓްރާންސްފޯމަރަކުން ކަރަންޓު ނަރު ބުރިކޮށް ވަގަށް ގެންދިޔަ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އައްޑޫ ހިތަދު އަށް ނިސްބަތްވާ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ޙާޟިރުކުރުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން ވައްކަންކުރި މީހާ އަކީ ކުރިން ވެސް ތަކުރާރުކޮށް އެ ބާވަތުގެ ކުށްތަކުގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.

މާލެ ސަރަހައްދުގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރުން މި ފަހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އެގޮތުން ހުޅުމާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަރުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން