މީގެ ކުރިން ބޭއްވި އާޓް އެގްޒިބިޝަނެއްގެ ތެރެއިން. ފޮޓޯ | އެންސީއޭ
މީގެ ކުރިން ބޭއްވި އާޓް އެގްޒިބިޝަނެއްގެ ތެރެއިން. ފޮޓޯ | އެންސީއޭ
ޗައިނާގައި ބާއްވާ އާޓް އެގްޒިބިޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް، އެންސީއޭ އިން ބުނީ މި އެގްޒިބިޝަނަކީ މި އަހަރު ޑިސެމްބަރު މަހުގެ 31 އިން އަންނަ އަހަރުގެ ފެބްރުއަރީ 1 އަށް ޗައިނާގެ ބެއިޖިން އެގްޒިބިޝަން ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގްޒިބިޝަނެއް ކަމަށެވެ.

"10 ވަނަ ބެއިޖިން އިންޓަނޭޝަނަލް އާޓް ބައިނެލް" ގެ ނަމުގައި ބާއްވާ މި އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ލިބިފައިވާތީ، އެކަމަށް ޝައުގުވެރިވާ ދިވެހި އާޓިސްޓުނަށް ބައިވެރިވުމުގެ ފުރުސަތު އެންސީއޭއިން ހުޅުވާލާފައި ވަނީ މި މަހުގެ 31ގެ ނިޔަލަށެވެ.



އެގޮތުން އެގްޒިބިޝަންގައި ބައިވެރިވާން ހުށަހަޅާނީ މެއިލް މެދުވެރިކޮށް ކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

އޭގެއިތުރުން އެންސީއޭއިން ބުނެފައިވަނީ، މި އެގްޒިބިޝަނަކީ ޗައިނާ އާޓިސްޓްސް އެސޯސިއޭޝަނާއި، ބެއިޖިން މުނިސިޕަލް ކޮމިޓީން އިންތިޒާމްކުރާ އެގްޒިބިޝަނެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން