ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އިއުލާން ބާތިލުކޮށްފިއެވެ.
ހއ. ކެލާ ފަޅުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް ފުރަތަމަ ދުވަހުއެވެ. އަދި އެ މަޝްރޫޢަށް މަގުފަހި ކުރުމަށްޓަކައި ކެލާގެ އިހުތިސާސުން 325.5 ހެކްޓަރު އުނިކުރުމުގެ ގަރާރު ރައީސް އޮފީހުން ގެޒެޓްކުރީ މާޗް 29 ގައެވެ.
އެގޮތުން ކެލާ ފަޅުގައި ދެ ރިޒޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ފަޅުތެރެއިން 156.2 ހެކްޓަރުގެ ސަރަހައްދަކާއި 169.3 ހެކްޓަރުގެ ސަރަހައްދެއްގައި، ބީލަމުގެ އުސޫލުން ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީން އިއުލާން ކޮށްފައިވެއެވެ. އެ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކަށް އޮތީ މިމަހުގެ 4 ވަނަ ދުވަހެވެ.
ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ބުރާސްފަތި ދުވަހު ބުނީ ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އިއުލާން ބާތިލުކުރީ، ޓޫރިޒަމް ތަރައްގީވެފައި ނުވާ ހަ އަތޮޅަށް އިންވެސްޓަރުން ޝައުގުވެރިކުރުމަށްޓަކައި ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާތީ، އެ އުސޫލުގެ ތެރެއިން ކެލާ ފަޅުގެ މަޝްރޫއު ހުޅުވައިލުމަށް ކަމަށެވެ.
ކެލާގެ ފަޅުތެރޭގައި ރިޒޯޓެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު