ޚިދުމަތް ހޯދާ މީހުންނަށް ލުއިފަސޭހަ ކުރުމަށްޓަކައި އެމްބީއެސް އަށް ޚާއްސަ ހޮޓްލައިނެއް ޤާއިމު ކޮށްފިއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އިން މިއަދު ބުނީ، އެ ހޮޓްލައިން ޤާއިމުކުރީ އެއިދާރާއިން ޚިދުމަތް ހޯދާ މީހުންނަށް އިތުރަށް ފަސޭހަ ކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެމްބީއެސް އިން ޤާއިމު ކޮށްފައިވާ ހޮޓްލައިން ނަންބަރަކީ 7333645 އެވެ.
އެމްބީއެސްއިން ބުނީ އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި އެ ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ. އަދި އެ ނަންބަރުން ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެއެވެ.
އެމްބީއެސް އަށް ޚާއްސަ ހޮޓްލައިނެއް ޤާއިމު ކޮށްފައިވާއިރު، އެމްބީއެސްގެ ހިދުމަތްތަކާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ "އޮރެންޖު ހިޔާ"ގެ 4 ވަނަ ފަންގިފިލާ އަށް ބަދަލު ކުރުމަށްފަހު ހުޅުވާފައިވަނީ، މިދިޔަ މެއި މަހުގެ ތެރޭގައެވެ.
މި ސެންޓަރުގެ ލެބޯރަޓަރީގައި ލޭ ނެގުމަށް ޚާއްސަ ދެ ފްލެބޮޓޮމީ ސްޓޭޝަން ގާއިމް ކޮށްފައި ވެއެވެ. މީގެ އިތުރުން ޑޯނަރ ސްކްރީނިންގ އަދި ބްލަޑް ކަލެކްޝަން ރޫމެއްވެސް މި ސެންޓަރުގައި ގާއިމް ކޮށްފައި ވެއެވެ.
އަލަށް ގާއިމް ކުރި މި ސެންޓަރުގެ ކޮންސަލްޓޭޝަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 20:30 އަށް ލިބޭނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންފުޅުވާ ބޭފުޅުންނަށް ސްކްރީނިން ހެދުމަށްފަހު ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން ރޭގަނޑު 19:30 އާއި ހަމައަށް ލޭ ހަދިޔާ ކުރެވޭނެއެވެ.
މީގެ އިތުރުން ތެލެސީމިއާ ސްކްރީނިންގ އަދި ތެލެސީމިއާ ކާޑު ދޫކުރުމުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.

— Maldivian Blood Services (@MBS_mv) July 5, 2025

ކިޔުންތެރިންގެ ހިޔާލު