ކުލާސްރޫމުގެ ތެރޭގައި އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ގޮވާލައްވައިފިއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވައި ބ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވަޒީރު ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ މިހާރަށްވުރެ ރަނގަޅު ކުރަންޖެހޭ ކަމަށް ތަޢުލީމާބެހޭ ވަޒީރު ވިދާޅުވެފައިވާތީ އެކަމަކީ ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށެވެ.
ހަމައެއާއެކު ތަޢުލީމީ ނަތީޖާއަށް ވެސް ބަދަލުގެނެވޭނީ އަބަދު އެއްގޮތަކަށް ކަންކަންކުރުމުގެ ބަދަލުގައި އާގޮތްތަކުގެ ބޭނުންހިފައިގެން އެ ގޮތްތައް ތަޖުރިބާކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ، ކުލާސްރޫމުގައި މުދައްރިސަކީ ދަރިވަރުންގެ އުނގެނުމުގައި ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށާއި، އުނގަންނައި ދިނުމުގެ ހުނަރުތައް މި ޒަމާނުގައި ބޭނުން ކުރަށްވާނަމަ ކުލާސްރޫމުގައި، މުދައްރިސުގެ ޙަރަކާތްތަކަށް ވުރެ ދަރިވަރުގެ ޙަރަކާތްތައް ނުވަތަ ޢަމަލުތައް ގިނަވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މުދައްރިސުން މިހާރުވެސް ކިޔަވައިދިނުމުގައި ބޭނުންކުރައްވަމުން ގެންދަވަނީ ކުރިންވެސް ބޭނުންކުރެއްވި ގޮތްތައްތޯ؟ އާގޮތްތަކެއް ނުވަ މެތަޑުތަކެއް މިހާރު ބޭނުންކުރައްވަމުތޯ؟ އަދި ޓެކްނޮލޮޖީ ނުވަތަ އައިސީޓީ ކިހާވަރަކަށް ބޭނުންކުރައްވަމުތޯ؟ އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލުމަށް ކިހާވަރަކަށް މަސައްކަތްކުރެވޭތޯ؟" މުދައްރިސުންނާ މުޚާޠަބުކުރަށްވައި ވަޒީރު ވިދާޅުވިއެވެ.
އޭގެއިތުރުން ވަޒީރު ވިދާޅުވީ ތަޢުލީމީ ނަތީޖާ މިހާރަށް ވުރެ ރަނގަޅު ކުރެވޭނީ ކުލާސްރޫމުގެ ތެރޭގައި އެކްޝަން ރިސާޗުގެ ބޭނުން މިހާރަށް ވުރެ ބޮޑަށް ހިފައިގެން ކަމަށެވެ.
އަދި މިހާރު ޢަމަލުކުރަމުންދާ ތަޢުލީމީ ޤައުމީ މަންހަޖުގެ ތަޞައްވުރަކީ ސުކޫލު ނިންމައި ނުކުންނަ ކޮންމެ ދަރިވަރަކީ ދިރިއުޅުމަށް ތައްޔާރުވެފައި ކުއްޖަކަށް ހަދައިދިނުން ކަމަށާއި، މި ތަޞައްވުރަށް ވާޞިލްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރަށްވަނީ މުދައްރިސުންކަން ފާހަގަ ކުރަށްވާފައެވެ.
ރޭގެ ޖަލްސާގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކާމިޔާބު ހޯދި ދަރިވަރުންނަށާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށާއި އަދި ނަތީޖާ ޙާޞިލްކޮށްދެއްވުމަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްދެއްވި އެންމެހައި މުދައްރިސުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު