ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
ސްޓެލްކޯގެ މުވައްޒަފުން ޚިދުމަތުގައި
ސްޓެލްކޯގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރަމުންދާތީ މިއަދު މެންދުރުފަހު ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން މިއަދު މެންދުރުފަހު 14:00 އިން 15:00 އަށް މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅު މަގު، ކާނި މަގު، ލަންސިމޫ މަގު، އަސުރުމާ ހިނގުން، ނިރޮޅު މަގު ގޯޅި 17،18،19 ގެ އިތުރުން ޗަނބޭލީ މަގު ގޯޅި 4 އަދި 5 ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.



ސްޓެލްކޯއިން ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމުމަށްފަހު ވީ އެންމެ އަވަހަކަށް ކަރަންޓު އަލުން ދިނުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ.

ހަމައެއާއެކު ކަރަންޓުގެ ‏‏ހިދުމަތް މެދުކެނޑިގެންދާ ވަގުތުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށް ސްޓެލްކޯއިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން