އައްޑޫ ސިޓީ ހުޅުދޫގައި 11 ގެސްޓްހައުސްއާއި 2 ސިޓީ ހޮޓާ އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، މި މަޝްރޫޢުގެ އެންމެ ބޮޑު ބޭނުމަކީ، އައްޑޫގައި ލޯކަލް ޓޫރިޒަމަށް ފުރުސަތު ފަހިކޮށް ދިނުމާއި، އައްޑޫގެ އިގުތިސާދު ކުރިއަރުވައި، ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުން ކަމަށެވެ.
އެގޮތުން އައްޑޫ ހުޅުދޫގެ ދެކުނުން ބީޗް ފްރަންޓުން 4.65 ހެކްޓަރުގެ ބިން މިމަސައްކަތަށް ދޫކުރާނެ ކަމަށް އެ އިއުލާނުގައިވެއެވެ. އެ ބިމުގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ދޫކުރާ 11 ބިމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، 2،400 އަކަފޫޓުގެ ހަ ބިމުގައި 10 ކޮޓަރި، 3،000 އަކަފޫޓުގެ ހަތަރު ބިމުގައި 15 ކޮޓަރި އަދި 5،000 އަކަފޫޓުގެ ބިމެއްގައި 25 ކޮޓަރި ކަމަށް އިއުލާނުގައިވެއެވެ.
ހަމައެއާއެކު މިމަޝްރޫޢުގެ ދަށުން ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ދޫކުރާ 10،000 އަކަފޫޓުގެ ބިމުގައި 60 ކޮޓަރި އެޅުމަށް ނިންމާފައިވާއިރު، 7،000 އަކަފޫޓުގެ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ، 35 ކޮޓަރީގެ ހޮޓަލެކެވެ.
އައްޑޫސިޓީ ކައުންސިލުން ބުނީ މިބިންތައް ދޫކުރަނީ ގިނަވެގެން 50 އަހަރުގެ މުއްދަތަކަށް ކަމަށާއި، ބީލަމަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުން މިހާރު އައްޑޫ ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ.
މި މަޝްރޫޢުގެ ބީލަންފޮތް ދިވެހީންނާއި ދިވެހި ކުންފުނިތަކަށް 2،000 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ބިދޭސީންނަށް ބީލަންފޮތް ދޫކުރަނީ 4,620 ރުފިޔާއަށެވެ.
މި ބީލަން ހުޅުވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު