ފުވައްމުލަކު ސިޓީގައި ގިނަ އަދަދެއްގެ މިޔަރު އުޅޭ "ޝާކް ޕޮއިންޓް" ގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދު ނެޓްފްލިކްސްގެ ޝޯއެއްގައި ފީޗާކޮށްފިއެވެ.
ފުވައްމުލަކުގެ ޝާކް ޕޮއިންޓް ގެނެސްދީފައިވަނީ ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގައެވެ.
މި ޝޯ ބައްޓަން ކޮށްފައިވަނީ، ތަޖުރިބާކާރުންގެ ހަތަރު ޓީމަކުން، ކަނޑުގެ ދިރުންތައް އެންމެ ގިނައިން ފެންނަ ހަތަރު ތަނެއްގައި އެންމެ ގިނަ އަދަދެއްގެ މިޔަރު ހޯދާ ގޮތަށެވެ. އެގޮތަށް އެންމެ ގިނަ މިޔަރު ހޯދާ ޓީމަކަށް ޝޯގައި 50،000 ޑޮލަރުގެ އިނާމެއް ދޭނެއެވެ.
މި މުބާރާތުގެ ފުރަތަމަ އެޕިސޯޑުގައި ފެންނަނީ ފުވައްމުލަކުގެ ކަނޑުގެ މާހައުލު ކަމަށްވާއިރު، ފުވައްމުލަކަށް ނިސްބަތްކޮށް ކިޔަނީ "ޝާކް އައިލެންޑް" ގެ ނަމުންނެވެ.
މި ޝޯގައި ދައްކާ ގައުމުތަކުގެ ތެރޭގައި ރާއްޖެ، ބަހާމާސް، ސައުތު އެފްރިކާ އަދި ޖަޕާން ވެސް ހިމެނެއެވެ.
ފުވައްމުލަކުގެ ޝާކް ޕޮއިންޓަކީ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު