ގދ. ތިނަދޫ ފެރީ ޓާމިނަލް ޖެޓީއަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލް ނުވެ، ޖެޓީއަށް އަރައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ތިނަދޫ ސިޓީ ފެރީ ޓާމިނަލު ޖެޓީ އަށް ކައިރިކުރި ލޯންޗެއް ކޮންޓްރޯލްނުވެ ގޮސް ޖެޓީގައި ޖެހި އެކްސިޑެންޓެއް މިއަދު މެންދުރު ހިނގާފައިވާ ކަމަށެވެ. އެ ލޯންޗުގައި 3 އަންހެނަކާ އެއް އަހަރުގެ ކުއްޖަކާއި ކެޕްޓަން އަދި ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 މީހަކު ދަތުރުކުރި ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގައި ލޯންޗުގައި ތިބި 2 ފަސެންޖަަރަކާއި ކެޕްޓަނާއި ފަޅުވެރިޔާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ދިވެހި ދެ ފިރިހެނުންނާއި (ކެޕްޓަން 50އ/ކްރޫ 29އ)، ދެ އަންހެނުން (25 އަދި 28) ނަށެވެ.

ފުލުހުން ބުނިގޮތުގައި އެ މީހުންނަށް ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު