ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ލިބިފައިވާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު ދީފަައިވާކަން އެޤައުމުގެ ސަރުކާރުން ރަސްމީކޮށް ދިވެހިރާއްޖެއަށް އަންގާފައިވާކަމަށެވެ. މި ފުރުޞަތު ލިބިގެންދާނީ ކިޔަވާ މުއްދަތުގައި ޕޮކެޓްމަނީ ވެސް ލިބޭނެ ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ މި ފުރުޞަތު ފަހިވެގެންދިޔައީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށެވެ.
މިނިސްޓަރު ޝަހީމްގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި އިމާމުންނަށް އަރަބި ބަސް ކިޔަވައިދިނުމަށް މޮރޮކޯގައި ޤާއިމުކޮށްފައިވާ ޚާއްޞަ އިންސްޓިއުޓަކީ އެޤައުމުގެ ރަސްގެފާނުގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކުރިއަށްދާ އިންސްޓިޓިއުޓެކެވެ. މި ތަނުގައި ކިޔަވާ ފަރާތްތަކަށް، ހުރުމުގެ އިންތިޒާމު (އެކޮމޮޑޭޝަން) ގެ އިތުރުން، ޕޮކެޓްމަނީ ވެސް ލިބޭނެއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ދިވެހި އިމާމުން މޮރޮކޯއަށް ކިޔަވަން ފޮނުވުމާ ގުޅޭ އެއްބަސްވުމުގައި، މޮރޮކޯ ސަރުކާރާއެކު ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށެވެ. މި އެއްބަސްވުން މިހާރު އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު