ބީއެމްއެލްގެ އޭޓިއެމް އަކުން މީހަކު ޚިދުމަތް ހޯދަނީ
ބީއެމްއެލްގެ އޭޓިއެމް އަކުން މީހަކު ޚިދުމަތް ހޯދަނީ
ބީއެމްއެލްގެ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވައިގެން އެޚިދުމަތަށް އެދުމަށް ބޭންކުން މިހާރު މަގުފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން އިންޓަރނެޓް ބޭންކިންގެ ސަރވިސް ޓައިޕް މެނޫގައި ހިމެނޭ "ޓެމްޕޮރަރީ ކާޑް ލިމިޓް" ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހެޅޭނެ ކަމަށާއި، ލިބޭ ހުށަހެޅުން 24 ގަޑިއިރުގެތެރޭގައި ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް އަންގާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މީގެއިތުރުން މިހާރެކޭ އެއްގޮތަށް ކޮލެޖް، ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެ ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެއެވެ. އަދި ޑޮލަރ ޕޯރޓަލް އިން ގަންނަ ޑޮލަރުގެ އަދަދަށް ބަދަލެއް ނާންނާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ. މީގެ އިތުރުން މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮަލަރު ނެގޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. ބޭންކުން ބުނީ ޑޮލަރު އެޓީއެމް އިން ނެގޭ ފައިސާގެ އަދަދަށްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރު ކަމަށާއި، ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


5

ސީނުކަރަ

17-Sep-2020

ހަޖަމު ނުވާ ބައެއް މީ.



ޓްރެންޑިން