ކޮމެޓް ތިރީއައި އެޓަލަސް
ކޮމެޓް ތިރީއައި އެޓަލަސް
މިއަދު ދުނިޔެ ކައިރިން ދަތުރު ކުރާ އާދަޔާ ހިލާފް ދުންތަރީގެ ހަރަކާތްތަށް ވަރަށް ގާތުން މޮނިޓަރ ކުރާނެ ކަމަށް އދ އިން ބުނެފިއެވެ.

އދ އިން މި ދުންތަރި މޮނިޓަރ ކުރާނެ ކަމަށް ބުނެފައި މި ވަނީ މި ދުންތަރި އަކީ އޭލިއެން އުޅަދެއް ކަމަށް ހަވާޑް ޔުނިވަސިޓީގެ ޕްރޮފެސަރަކު ބުނެފައި ވަނިކޮށެވެ.

ދުނިޔެ ކައިރިން މި ދުންތަރި ދަތުރު ކުރާއިރު އދ ގެ އިތުރުން މި ދުންތަރީގެ ފޮޓޯ ނެގުމަށް ސައިންސްވެރިން ދަނީ ތައްޔާރުވަމުން ނެވެ.

"ކޮމެޓް 3i އެޓްލަސް" ގެ ނަމުން ނަންދީފައިވާ މި ދުން ތަރި ދުނިޔެ ކައިރިން ދުނިޔެ ކައިރިން ދަތުރު ކުރާ އިރު މި ދުންތަރިއާއި ދުނިޔެއާއި ދުރު މިން ހުންނާނީ 170 މިލިއަން މޭލު ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. މިއީ 7 ބިލިއަން އަހަރުވީ ދުންތަރިއެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

މި ދުންތަރި އާދަޔާ ހިލާފު ވާ ސަބަބަކީ މި ދުންތަރި އައިސްފައިވަނީ ސޯލާ ސިސްޓަމުގެ ބޭރުން މިލްކީވޭގެ މެދުން ކަމުގައި ވާތީއެވެ. އާންމު ގޮތެއްގައި ސޯލާ ސިސްޓަމުގެ ބޭރުން އަންނަ މިފަދަ އެއްޗިސައް ސައިންސްވެރިން ކިޔައި އުޅެނީ "އިންޓަސްޓެލާ އޮބްޖެކްސް" އެވެ.

މި ދުންތަރި ސޯލާ ސިސްޓަމްއަށް ވަން އިރުއްސުރެން މި ދުންތަރީގެ ފަރާތުން އާދަޔާ ހިލާފު ކަންތައްތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން މި ދުންތަރީގެ މިސްރާބު ހުރީ ދުނިޔެ ހިމެނޭ ގޮތައް ސޯލާސިޓަމްގެ ގުރަހަ ތަކާއި ވަރައް ކައިރިން ދަތުރު ކުރާ ގޮތަށެވެ. މަޝްހޫރު ސައިންވެރިޔާ އެވީ ލޮއިބް ބުނާ ގޮތުގައި މި ދުންތަރީގެ މިސްރާބް އަދި އެހެން ހަރަކާތް ތަކާއި އިރު އިރު ކޮޅާ ކުލަ ބަދަލު ކުރުމުން ބޮޑައް މި ދުންތަރި ސިފަވަނީ އޭލިއެން އުޅަދަކާއި ކަމަށެވެ. އަދި މި ދުން ތަރި ދުނިޔެއާއި ކައިރިވަމުންދާ ވަރަކަށް މީގެ ހަރަކާތް އިތުރުވަމުންދާ ކަމަށް ލޮއިބް ވަނީ އިންޒާރު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު