ފަތުވާ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ފަތުވާ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ދަލީލުތަކަށް ބަލާ ނަމަ، ބޮޑަށް ބުރަވެވެނީ އިސްތަށިގަނޑުގައި ކަޅުކުލަޖެއްސުމަކީ ހުއްދަ ކަމެއް ކަމުގައި ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ހާމަކޮށްފިއެވެ.

ފަތުވާ މަޖިލީހުން މީސްމީޑިއާގައި މިއަދު ޙިއްސާކޮށްފައިވާ ފަތުވާގައި ބުނީ، އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ މައްސަލައިގައި މައިގަނޑު ދެރައުޔެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން، އެކަން ޙަރާމްކަމަށް ވިދާޅުވާ ޢިލްމުވެރިންނާއި، ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިން ވެސް ތިއްބަވާ ކަމަށް ފަތުވާގައި ވެއެވެ. އަދި މި ދެރައުޔުވެސް ބިނާވެފައިވަނީ ދަލީލުތަކުގެ މައްޗަށް ކަމަށް ފަތުވާގައިވެއެވެ.

”ނަމަވެސް ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލުތައް ބާރުގަދަކަމަށް ފާހަގަކުރެވިފައިވާތީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން ބުރަވަނީ އިސްތަށީގައި ކަޅުކުލަޖެއްސުން ހުއްދަ ކަމަށެވެ.“ ފަތުވާދޭ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވެއެވެ.



ހަމައެއާއެކު މި މައްސަލަ ދިރާސާކުރައްވައި ޢިލްމުވެރިން ނެރުއްވައިފައިވާ ޙުކުމްތައް ގުޅިފައިވަނީ އެބޭކަލުންގެ އިޖުތިހާދާކަން ފަތުވާގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން ފަތުވާ މަޖިލީހުން ބުނެފައިވަނީ މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ ހުއްދަ ކަމަށް ވިދާޅުވާ ބޭފުޅުންގެ ރަޢުޔާއި ހުއްދަ ނޫންކަމަށް ވިދާޅުވާ ރަޢުޔުވެސް ސައްޙަ ކަމަށް ދެކޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު