އައިޖީއެމްއެޗް
އައިޖީއެމްއެޗް
މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިނގުމާއި އިންފްލުއެންޒާ އިތުރުވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ހަފްތާތަކާ އަޅާބަލާއިރު ނިމުނު ހަފްތާގައި ބޭރަށް ހިނގުން ޖެހިގެން ރިޕޯޓް ކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައެވެ.

އަދި ބޭރަށް ހިންގުމާއި ހޮޑުލުން އެންމެ ގިނައިން ރިޕޯޓް ކޮށްފައިވަނީ، މާލެ ސަރަހައްދުން ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެގޮތުން އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު 15 ޖޫން އިން 5 ޖުލައިގެ ނިޔަލަށް މާލެ ސަރަހައްދުން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 2370 ވޭދަނައެއް ރިޕޯޓުކޮށްފައި ވާއިރު، މުޅި ރާއްޖޭން ރިޕޯޓު ކޮށްފައި ވަނީ 3763 ވޭދަނައެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ މި ދުވަސްވަރު އިންފްލުއެންޒާ ޖެހިގެންވެސް އެންމެ ބޮޑަށް ރިޕޯޓު ކޮށްފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.

އެގޮތުން 15 ޖޫން އިން 5 ޖުލައިގެ ނިޔަލަށް މުޅި ރާއްޖެ އާއި މާލެ ސަރަހައްދުން އިންފްލުއެންޒާގެ 239 ވޭދަނައެއް ރިޕޯޓް ކޮށްފައިވާއިރު 228 އަކީ މާލޭ ސަރަހަައްދުން ރިޕޯޓްކޮށްފައިވާ ވޭދަނަތައް ކަމަށް އެޗްޕީއޭގެ ތަފާސްހިސާަބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު