ޖަލުތަކުން އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމަށް ޖަމިއްޔާއަކާއެކު އެއްބަސްވުމެއް އެކުލަވާލައިފިއެވެ.
ކަރެކްޝަންސް ސާވިސެސް އިން މި މަސައްކަތް ހަވާލު ކޮށްފައިވަނީ ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއްކަމަށްވާ ސޮނެވާ ނަމޫނާއާއެވެ.
މި އެއްބަސްވުމުގައި ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ސޮނެވާ ނަމޫނާގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް އަޒްހޫރާ އަޙްމަދެވެ.
އެއް އަހަރުގެ މުއްްދަތަށް އެކުލަވާލާފައިވާ މި އެއްބަސްވުމުގެ ދަށުން އުކާލާ ކުނީގެ ބާވަތްތަކުން ގަސްކާނާ އުފެއްދުމަށް ބޭނުންވާ އާލާތްތައް ސޮނެވާ ނަމޫނާއިން ފޯރުކޮށްދޭނެއެވެ. އަދި ގަސްކާނާ އުފައްދާ ގޮތް ދަސްކޮށްދީ، ތަމްރީން ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ކެރެކްޝަންސް އިން ބުނީ ޖަލުތަކުން އުކާލާ ކުނި ބޭނުންކޮށްގެން ގަސްކާނާ އުފެއްދުމުގެ ބޭނުމަކީ ތިމާވެށްޓާ ރައްޓެހި އަދި ފައިދާ ލިބޭނެ ގޮތަކަށް ކުނި މެނޭޖުކުރުން ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން އުފައްދާ ގަސްކާނާ ބޭނުންކުރާނީ ޖަލުތަކުގައި ކުރިއަށްގެންދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގެ ތެރެއިން ހިންގާ ދަނޑުވެރިކަމުގެ މަސައްކަތްތަކުގައި ކަމަށްވެސް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު