ހއ. ވަށަފަރު ސްކޫލު ކްލާސްރޫމެއްގައި ދަރިވަރުން ކިޔަވަން ތިއްބާ ސީލިންގުން ބައެއް ވެއްޓީ ދެ ދަރިވަރަކަށް އަނިޔާ ވެއްޖެއެވެ.
މި ހާދިސާގައި އަނިޔާވީ އެ ސްކޫލުގެ ގްރޭޑު 9 ގައި ކިޔަވާ ދެ ދަރިވަރުންނަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ހާދިސާގައި އަނިޔާވި ދެ ދަރިވަރުން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔުމުން އިތުރު ފަރުވާއަށް އެއަތޮޅު ދިއްދުއަށް ގެންދިޔުމަށް ލަފާދިން ކަމަށެވެ.
އެގޮތުން އަނިޔާވި ދަރިވަރުންގެ ތެރެއިން އެއް ކުއްޖެއްގެ ކޮނޑު ހުޅަށް ތަދުވާތީ އެކްސްރޭ އެއް ނަގާލަން ދިއްދުއަށް ގެންދިޔަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި ދިއްދޫއަށް ގެންގޮސް ހެދި ޓެސްޓްތަކުން ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މިނިސްޓްރީން ވަނީ ބުނެފައެވެ. ޓެސްޓުތަކުން އެއްވެސް މައްސަލައެއް ފާހަގަވެފައި ނުވާތީ މިހާރު ދަރިވަރުން ގެއަށް ދޫކޮށްލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެ ރަށު ސްކޫލުން މީގެކުރިން ވަނީ ސީލިންްގްގައި މައްސަލަ އުޅޭކަން މިނިސްޓްރީގެ ސަމާލުމަކަށް ގެނެސްފައެވެ. އަދި މަރާމާތު ކުރަން ބޭނުންވާ ސާމާނު ވެސް މިނިސްޓްރީން ވަނީ އެ ސްކޫލަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު