މެލޭޝިއާގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންގެ އަތުން ޓެކުހެއް ނަގަން ނިންމާފައިވާތީ، އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ލޯނުގެ ތެރެއަށް އެ ފައިސާ އިތުރުކޮށްދޭނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މެލޭޝިއާގެ އަމިއްލަ ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ޕްރީސްކޫލް އަދި ތައުލީމު ދޭ ތަންތަނުގައި ކިޔަވާ އެހެން ގައުމުތަކުގެ ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށް ވުރެ އަގުބޮޑު ކޯސް ފީއެއް ދައްކަން ޖެހޭ ދަރިވަރުންގެ އަތުން ހަ ޕަސެންޓުގެ ޓެކުހެއް ނަގަން މިމަހުން ފެށިގެން ވަނީ ފަށާފައެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ބުނީ މިހާރު ދީފައިވާ ސްކޮލާޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ކިޔަވާ ތަނަކުން ފޮނުވާ އިންވޮއިސްގައި ޓެކްސް ފައިސާ ހިމެނުމުން މިހާރު ވެސް ފައިސާ ދައްކަމުންދާ ގޮތަށް އެ ފައިސާވެސް ހަމަޖައްސައިދޭނެ ކަމަށެވެ.
އަދި ސްޓޫޑެންޓް ލޯނުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ކޯސް ފީ އަށް ޓެކްސްގެ ގޮތުގައި އިތުރުވާ ފައިސާ، އެކަމަށް އެދި ހުށަހެޅުމުން ލޯނުގެ ތެރެއަށް އިތުރު ކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މެލޭޝިއާއަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދާ ގައުމެކެވެ.
މެލޭޝިޔާގައި ކިޔަވާ ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ އާއި ޓެކްސް ފައިސާ މުއްދަތު ހަމަވުމުގެ ކުރިން ސަރުކާރުން ފޮނުއްވާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު