ފައިލް ފޮޓޯ
ފައިލް ފޮޓޯ
ރ. އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ދެންމެ ބުނީ، މިއަދުގެ ހަވީރު ވަގުތެއްގައި ރ. އަތޮޅުގައި ހިންގާ ރިސޯޓަކުން ކެނޯއެއްގައި ނުކުތް، އެ ރިސޯޓުގެ މުވައްޒަފެއްގެ ހަބަރެއް ނުވެގެން މިރޭ 8:43 އެހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ އެއީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި، ކައިރި ރިސޯޓުތަކުގެ އެހީތެރިކަމާ އެކު ދަނީ ކުރަމުންކަމަށް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ރިސޯޓެއްގެ މުވައްޒަފެއްކަމެއް ފުލުހުން ނުބުނެއެވެ.

މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު