ހަތް މީހުންނާއެކު މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ދޯނީގައި ހަތް މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ރިޕޯޓާއި ގުޅިގެން ދޯނި ހޯދުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ. ނަމަވެސް މިހާތަނަށް ދޯނީގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މިއަދާ މިރޭ ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވެ ކަނޑު މަތީގެ ގިނަ ހާދިސާތަކެއް އަންނަނީ ހިނގަމުންނެވެެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައިވާއިރު މިހަފުތާ ބަންދުގައި ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު