ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ފަށައިފިއެވެ.
ހުޅުމާލޭ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގެ ހަތަރު ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާ ހިނގީ ރޭ ހަތެއް ޖަހާ އެހާކަންހާއިރު އެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މެންދަމުން އަލިވެ 3 ވެސް ޖެހިފަހުންނެވެ.
ފުލުހުން ބުނީ އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ވަރަށް ބޮޑަށް ދުމުގެއަސަރުކޮށްފައިވާ ކަމަށެވެ. އަދި މި ތިން ފުލުހުންނަށް ރެއިންފެށިގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެންސިސް ގުދަނުގައި ރޯވި އަލިފާން ކޮންޓްރޯލްކުރެވުނު އިރު އެ ސަރަހައްދުގައި ވަނީ ދުން ބޯވެ މުޅި ސަރައްދަށް ފެތުރިފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މާސްކް އަޅައިގެން ނޫނީ ނުނުކުތުމަށާއި ދުމުން ރައްކާތެރިވާން ފިޔަވަޅު އަޅަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރޭގެ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު