ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތަކުގެ އެންމެ ބޮޑު ހައްޤުވެރިކަމެއް އޮތީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ކަމަށް ވިދާޅުވެ، ކުރީގެ ޔޫތް މިނިސްޓަރު އަޙްމަދު މަޚުލޫފްގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރިއަށް ރައީސް ޞާލިހުގެ ނަން ގެންނަވައިފިއެވެ.
ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވިއިރު، އާ ޓާމިނަލްގެ މަސައްކަތްތަކުގެ ތެރެއިން ހަމައެކަނި އަޅާފައިހުރީ ބިންގާ ކަމަށެވެ. މަޚުލޫފްވަނީ އެކަން ދައްކުވައިދޭ ފޮޓޯއެއްވެސް ހިއްސާކުރައްވާފައެވެ.
ރައީސް ޞާލިޙުގެ ވެރިކަމުގައި ޓާމިނަލްގެ މަސައްކަތަށް ބޮޑު ބަދަލެއް ގެންނަވާފައިވާ ކަމަށާއި، މިއަދު އެ ފެންނަ ރީތި ޓާމިނަލަކީ އެ ގެނެވުނު ބަދަލުގެ ނަތީޖާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ. އެގޮތުން، 2023 ވަނަ އަހަރު ނިމުނުއިރު ޓާމިނަލްގެ މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށާއި، އެކަން ދައްކުވައިދޭ 2023 ވަނަ އަހަރުގެ މެދުތެރޭގައި ނަގާފައިވާ ފޮޓޯއެއްވެސް މަޚުލޫފް ހިއްސާކުރެއްވިއެވެ.
މީގެ އިތުރުން، ޓާމިނަލް މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާވެސް ރައީސް ޞާލިޙު ހޯއްދަވާފައިވާ ކަމަށާއި، 2025 ވަނަ އަހަރުގެ ޖޫން މަހަށް ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އިއުލާންކޮށްފައިވާކަންވެސް މަޚުލޫފް ފާހަގަކުރެއްވިއެވެ.
އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ޓާމިނަލްގެ އެއްބައި ހުޅުވަން ނިންމާފައިވާ ކަމީ ކޮންމެ ރައްޔިތަކުވެސް އުފާކުރަންޖެހޭ ކަމެއް ކަމަށް މަޚުލޫފް ވިދާޅުވިއެވެ.
އެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިންމަވައި، އެކަމަށް ބޭނުންވި ފައިސާގެ ބޮޑުބައި ހޯއްދެވީތީ ރައީސް ޞާލިޙަށް ހައްޤު ޝުކުރު އަދާކުރާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.
އަދި، އެ މަސައްކަތް ފައްޓަވާ ބޭނުންވި ފައިސާގެ ގިނަ އަދަދެއް ހޯއްދެވީތީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށްވެސް މަޚުލޫފް ހައްޤު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ޓާމިނަލްގެ ބާކީ މަސައްކަތުގެ ބޮޑުބައި ފުރިހަމަ ކުރައްވައި، ހުޅުއްވައިދެއްވާކަމަށްޓަކައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށްވެސް ހައްޤު ޝުކުރު އަދާކުރައްވާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.
ނަމަވެސް، މިކަމުގެ ހަޤީޤީ ޝުކުރު އޮތީ ކޮންބޭފުޅަކަށްތޯ ދެންތިބޭފުޅުން ނިންމެވުމަށް ދޫކޮށްލައްވަމުން، މަޚުލޫފް ވަނީ އޭނާގެ އަމިއްލަ ތަރުތީބު ހިއްސާކުރައްވާފައެވެ. އޭގެތެރެއިން ލިސްޓުގައި އެންމެ ކުރީގައި ރައީސް ޞާލިޙު، ދެވަނަ އަށް ރައީސް ޔާމިން އަދި ތިން ވަނަ އަށް ރައީސް މުޢިއްޒު ވަނީ ތަރުތީބު ކުރަށްވާފައެވެ.
މަޚުލޫފްގެ މި ޕޯސްޓާއެކު، ޓާމިނަލް މަސައްކަތުގެ ކްރެޑިޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަރުގަދަ ބަހުސެއް ވަނީ ފެށިފައެވެ.

ރައީސް @ibusolih ވެރިކަމަށް ވަޑައިގެންނެވިއިރު ހަމައެކަނި އަޅާފައިވަނީ ޓާމިނަލްގެ ބިންގާ. ފޮޓޯ އިން އެފެންނަނީ އޭރު މަސައްކަތްގޮސްފައިވާ ހިސާބު.
— Ahmed Mahloof (@AhmedMahloof) July 11, 2025
ރައީސް ޞާލިހު ޓާމިނަލްގެ މަސައްކަތަށް ބޮޑު ބަދަލެއްވަނީ ގެންނަވާފަ. މިއަދު އެފެންނަ ޓާމިނަލްއަކީ އެގެންނެވި ބަދަލުގެ ރީތިކަން. އަދި… pic.twitter.com/etXnP4fGvn
މީގެ އިތުރުން، ޓާމިނަލް މަސައްކަތް ނިންމުމަށް ބޭނުންވާ ފައިސާވެސް ރައީސް ޞާލިޙު ހޯއްދަވާފައިވާ ކަމަށާއި، 2025 ވަނަ އަހަރުގެ ޖޫން މަހަށް ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އިއުލާންކޮށްފައިވާކަންވެސް މަޚުލޫފް ފާހަގަކުރެއްވިއެވެ.
އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހު ޓާމިނަލްގެ އެއްބައި ހުޅުވަން ނިންމާފައިވާ ކަމީ ކޮންމެ ރައްޔިތަކުވެސް އުފާކުރަންޖެހޭ ކަމެއް ކަމަށް މަޚުލޫފް ވިދާޅުވިއެވެ.
އެ މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިންމަވައި، އެކަމަށް ބޭނުންވި ފައިސާގެ ބޮޑުބައި ހޯއްދެވީތީ ރައީސް ޞާލިޙަށް ހައްޤު ޝުކުރު އަދާކުރާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.
އަދި، އެ މަސައްކަތް ފައްޓަވާ ބޭނުންވި ފައިސާގެ ގިނަ އަދަދެއް ހޯއްދެވީތީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށްވެސް މަޚުލޫފް ހައްޤު ޝުކުރު އަދާކުރެއްވިއެވެ.
މީގެ އިތުރުން، ޓާމިނަލްގެ ބާކީ މަސައްކަތުގެ ބޮޑުބައި ފުރިހަމަ ކުރައްވައި، ހުޅުއްވައިދެއްވާކަމަށްޓަކައި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށްވެސް ހައްޤު ޝުކުރު އަދާކުރައްވާ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.
ނަމަވެސް، މިކަމުގެ ހަޤީޤީ ޝުކުރު އޮތީ ކޮންބޭފުޅަކަށްތޯ ދެންތިބޭފުޅުން ނިންމެވުމަށް ދޫކޮށްލައްވަމުން، މަޚުލޫފް ވަނީ އޭނާގެ އަމިއްލަ ތަރުތީބު ހިއްސާކުރައްވާފައެވެ. އޭގެތެރެއިން ލިސްޓުގައި އެންމެ ކުރީގައި ރައީސް ޞާލިޙު، ދެވަނަ އަށް ރައީސް ޔާމިން އަދި ތިން ވަނަ އަށް ރައީސް މުޢިއްޒު ވަނީ ތަރުތީބު ކުރަށްވާފައެވެ.
މަޚުލޫފްގެ މި ޕޯސްޓާއެކު، ޓާމިނަލް މަސައްކަތުގެ ކްރެޑިޓާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ވަރުގަދަ ބަހުސެއް ވަނީ ފެށިފައެވެ.
ކިޔުންތެރިންގެ ހިޔާލު