ރާއްޖޭގެ އިޤްތިޞާދުގައި މިހާރު ދިމާވެފައިވާ ޑޮލަރުގެ ދަތިކަމާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު މަތިވެފައިވާ މައްސަލަ ހައްލުކުރުމަށް އިޤްތިޞާދީ އިޞްލާޙުތަކެއް ގެނައުން މުހިންމުކަމަށް، ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިހެން ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދާ މައްސަލައިގަައި ކަންބޮޑުވުން ފާޅުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވީ، ރާއްޖޭގައި އެމެރިކާ ޑޮލަރުގެ ރޭޓު ސެންޓްރަލް ބޭންކުން ކަނޑައަޅާފައިވަނީ 15.42 ރުފިޔާގައި ކަމަށްވިޔަސް، ބްލެކް މާކެޓުގައި މިހާރު ވިއްކާ ޑޮލަރު 19.75 ރުފިޔާއަށް އަރާފައިވާ ކަމަށެވެ. އަދި އަންނަ އޯގަސްޓު މަހާ ހަމައަށް މި އަގު 20.15 ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.
ޑޮލަރުގެ އަގު މަތިވުމުގެ ސަބަބުން، ދިރިއުޅުމަށް އެންމެ ބޭނުންތެރި ތެލާއި ކާބޯތަކެތީގެ އަގު އިތުރުވެ، ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން އިތުރު ބުރަތަކެއް ކުރިމަތިވާނެ ކަމަށް ވެސް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.
ޑޮލަރުގެ ދަތިކަން ކުޑަކުރުމަށްޓަކައި، ޑޮލަރުގެ އަގަށް 25 އިންސައްތައި ގެ ބޭންޑެއް (16.06 ރުފިޔާ) އެއްކޮށް ދިނުމާއި، ބޭންކުތަކުން ޔޫއެސް ޑޮލަރު ބަދަލުކުރަން މަޖުބޫރުކުރުވުމަކީ ދަތިކަން ކުޑަކުރެވިދާނެ ވަގުތީ ގޮތެއް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ. އެހެންނަމަވެސް، މި ފިޔަވަޅުތައް އެޅި ނަމަވެސް، ތަކެތީގެ އަގުތައް މައްޗަށް ދިއުން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން މައިގަނޑު މައްސަލަތައް ހައްލުކުރުމަށް، ފުންމިނުގެ އިޤްތިޞާދީ އިޞްލާޙުތަކެއް ގެނައުން މުހިންމު ކަމަށް ޒަރިޔަންދު ވަނީ ހާމަކުރައްވާފައެވެ. ޑޮލަރުގެ ދަތިކަމާއި އޭގެ ސަބަބުން އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ދެމިހުންނާނެ ދިގު ރާސްތާގެ ހައްލުތައް ހޯދުމަކީ މި ވަގުތު އެންމެ މުހިންމު ކަންތައް ކަމުގައި ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު މިހެން ވިދާޅުވެފައިވާއިރު، ކަޅު ބާޒާރުގައި ވިއްކާ ޑޮލަރުގެ އަގު މިއަދު ވަނީ 20 ރުފިޔާ އަށް އަރާފައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ ހިސާބުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށެވެ.
އޭގެ ފަހުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ރައީސް މުއިއްޒު ވަނީ ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރެއްގެ އަގު ބޭންކް ރޭޓަށް 2027 ނިމުމުގެ ކުރިން ދަށްކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު