އުނގެނުމަށް ކުރެވޭ ހޭދައަކީ އިންސާނަކަށް ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ޝަރީފް މިހެން ވިދާޅުވީ މެޕްސް ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ވަޒީރު ވިދާޅުވީ ދަސްވެނީން މިރޭ ހޯދި ކާމިޔާބީއަކީ ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި، ބޮޑެތި ޤުރުބާނީތަކާއި، މުދައްރިސުން ކުރެއްވި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އުނގެނުމަކީ ބުރަ މަސައްކަތެއްކަމަށާއި، ކިޔަވަން އުޅޭ ދުވަސްވަރު ވަރަށް ބޮޑު ލޮޑު ކަމެއް، ވަރުބަލި ކަމެއް އަމިއްލަ ހަށިގަނޑަށް އަދި ސިކުންޑިއަށްވެސް ލިބިގެންދާކަން އެންމެ ރަނގަޅަށް އިޙުސާސް ކުރެވޭނެ ފަރާތަކީ ދަސްވެނީން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު މި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ އުނގެނުމަކީ އެހެން ހުރިހާ މަސައްކަތަކަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ހަޤީގީ މާނައިގައި ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރަން ބޭނުން ކަމުގައި ވިޔަސް، މުޅި މުސްތަޤުބަލު އާރާސްތު ކުރަން ބޭނުންވާ ކަމުގައިވިޔަސް އަދި ދިރިއުޅުން އާރާސްތު ކުރުން ކަމުގައިވިޔަސް އެންމެ ރަނގަޅު މަސައްކަތަކީ އުނގެނުންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
އުނގެނުމަށްޓަކައި ކުރެވޭ ހޭދައަކީ އަދި އެކަމަށް ދެވޭ ވަގުތަކީވެސް އިންސާނަކަށް ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅު އިންވެސްޓްމެންޓްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ. އަދި މިހިސާބުން މަސައްކަތް ހުއްޓަވާ ނުލައްވައި އުނގެނުމުގައި އަބަދުވެސް ދެމިތިބުމުގެ އަޒުމް ކަނޑައެޅުއްވުމަށް ވަޒީރު ދަސްވެނިންނަށް އިލްތިމާސް ކުރެއްވިއެވެ.
އޭގެއިތުރުން ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ހޯދައިގެން ލިބޭ ދާއިރާތަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީފާ ހޯދުމަށް ކުރެވޭ މަސައްކަތުގައި ތިމާ އެންމެ ބޭނުންވާ ވަޒީފާ ނުލިބޭނަމަ އެފަދަ ވަޒީފާއެއް އުފެއްދުމުގެ ޤާބިލްކަން ތިމާގެ ކިބައިގައި ހުރިތޯ ބަލާލުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ރޭގެ ޙަފްލާގައި ވަޒީރު ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު