ސަރުކާރުގެ ވުޒާރާތަކުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހިއްސާކޮށް، ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ވަޒީރުންގެ "އަހާ" ފޯރަމް، މިމަހުގެ 14 ވާ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އަހާ ސިލްސިލާގެ މިފޯރަމް އޮންނާނީ މިމަހުގެ 14 ވާ ހޯމަ ދުވަހުގެ ރޭ ޓީވީއެމްގެ ސްޓޫޑިއޯގައެވެ. މި ފޯރަމްގައި ރައްޔިތުންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބުދެއްވުމަށް ހަމަޖެހިފައި ވަނީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރު، މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް ތޯރިޤް އިބްރާހިމް، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްތަލިބް އަދި މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާރޓް އިބްރާހިމް ވަހީދު އެވެ.

މިއީ ރައީސުލްޖުމުހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ. މި ފޯރަމްގައި ވަޒީރުންނާ ސުވާލުކުރެއްވުމުގެ ފުރުސަތު ރައްޔިތުންނަށް މިހާރު ވަނީ ހުޅުވާލާފައެވެ.

ޕީއެސްއެމް އިން ބުނީ ވަޒީރުންނާ ރައްޔިތުން ކުރަން ބޭނުންވާ އެއްވެސް ސުވާލެއް އޮތް ނަމަ، ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށް ސުވާލު މިހާރު ފޮނުވޭނެ ކަމަށެވެ. މީގެ އިތުރުން، ފޯރަމް ކުރިއަށް ދާ ވަގުތު އަދި ޕީއެސްއެމް އެއަރ ޝޯޝަލް މީޑިޔާ އެކައުންޓުތަށް މެދުވެެރިކޮށް ސުވާލުތައް ކުރެވޭނެ ކަމަށް ޕީއެސްއެމުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު