ރައްޔިތުންނާ ގާތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދިނުމަށް ގާއިމުކުރާ ޔުނިޓުތައް ގާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްތައް މިއަދު އިއުލާން ކޮށްފިއެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރ އާދަމް ޝަރީފް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާންމު ޚިދުމަތް ދޭނެ ޔުނިޓްތައް ގާއިމުކުރުމަަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމުގެ ދަށުން، މިހާރު އެ ޚިދުމަތް ނުދެވޭ އަތޮޅުތަކުގައި އެ ޔުނިޓްތައް ގާއިމުކުރާނެ ރަށްތައް ކަނޑައަޅާފައިވާނެ ކަމަށެވެ.
އެގޮތުން 15 ރަށެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، ހއ. ދިއްދޫ ށ. ފުނަދޫ ނ. މަނަދޫ ރ. މާކުރަތު ބ. އޭދަފުށި ޅ. ނައިފަރު ކ. ތުލުސްދޫ އއ. ރަސްދޫ އދ. މަހިބަދޫ ވ. ފެލިދޫ މ. މުލި ފ. ނިލަންދޫ ދ. ކުޑަހުވަދޫ ތ. ވޭމަންޑޫ އަދި ގއ. ވިލިނގިއްޔެވެ.
އާންމު ޚިދުމަތާ ބެހޭ ސެކްޝަނުން ކުރާ މަސައްކަތްތަކުގެ ތެރޭގައި މަގުތައް މަރާމާތުކުރުމާއި ވެލިމަގު ހެދުމާއި އަލަށް އާބާދުވާ ސަރަހައްދުތަކުގައި ހަދަންޖެހޭ މަގުތައް ހެދުމަށް ޓަކައި ނަގަންޖެހޭ ރުއްގަސް ނެގުމާއި ޗަކަ ބިންތަކަށް ވެލި އަޅައި، ބިންގަނޑު އެއްވަރުކުރުމާއި ކާނުތައް ސާފުކުރުން ފަދަ ކަންތައްތައް ހިމެނެއެވެ.
އެ ޚިދުމަތް ދޭ ޔުނިޓްތައް ގާއިމުކުރުމަށް ބޭނުންވާ މީހުންނާއި ވަސީލަތް ހޯދުމުގެ އިދާރީ މަސައްކަތްތައް މިހާރު މިނިސްޓްރީން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު